logoEN
Sto top

ފޮޓޯ: މިނިސްޓްރީ

އަލްމަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ ކުރިން ހިންގި ޢިމާރާތް ތަޅައިލުމުގެ މަސައްކަތް މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސްއިން މިއަދު ފަށައިފިއެވެ.

Wamco

މި މަސައްކަތަކީ ރައީސުލްޖޫމްހޫރިއްޔާގެ އޮފީހުން މިނިސްޓްރީއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މިއަދު ހެނދުނު މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އާދަމް ޝަރީފު ޢުމަރު ވަނީ އެ ސަރަޙައްދަށް ވަޑައިގެން މަސައްކަތް ބައްލަވައިލައްވައިފައެވެ.

މި ޢިމާރާތް ތަޅައިލަން ނިންމީ އެ ޢިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ޙާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މިނިސްޓްރީގެ ޕަބްލިކް ވަރކްސް ޑިޕާޓްމަންޓުންނެވެ.

ޢަރަބިއްޔާ ސްކޫލް ހިންގި ޢިމާރާތް ތަޅައިލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން މިވަގުތަށް ވިސްނާފައި މިއޮތީ، މައިގަނޑު ދެ ބޭނުމެއް ހިފޭ ގޮތަކަށް، އެތަން ބޭނުންކުރުމަށް. އެއީ، އެ މުޅި ބިމަކީ، ނޫނީ ގޯއްޗަކީ ގާތްގަނޑަކަށް، 11,000 އަކަފޫޓުގެ ގޯއްޗެއް. އެތަނުގައި އެންމެ ފުޅާކޮށް، ނޫނީވިއްޔާ އެންމެ ބޮޑު ސަރަޙައްދެއް ޕާކިންގއަށް، ސައިކަލު ފަދަ ޕާކިންގއަށް ބޭނުންކުރެވޭނެ ގޮތަކަށް ކަނޑައެޅުމުގެ އިތުރަށް، ރެއިޒްޑް ލެވެލެއްގައި ޕާކިންގގެ އިތުރަށް، ރެއިޒްޑް ލެވެލެއްގައި ޕާކެއް، ކުޑަކުދިންނަށް، ނޫނީވިއްޔާ ސްކޫލްތަކަށް މި އަންނަ ކުދިންނަށާއި، ބެލެނިވެރިންނަށްވެސް ބޭނުންކުރެވޭ ކަހަލަ، މަޑުކޮށްލެވޭ ކަހަލަ ކޮންސެޕްޓެއްގައި، ބޭނުންހިފޭ ކަހަލަ ގޮތަކަށް ގްރީން ސްޕޭސްއެއް ތަރައްޤީކުރުން. ޕާކިންގއާއި، ކޮމިއުނިޓީ ޕާކަކަށް ބޭނުންކުރެވޭ ކަހަލަ ގޮތަކަށް، ދެ ލެވެލަކަށް އަންނަ ކަހަލަ ތަރައްޤީގެ މަޝްރޫޢެއް ހިންގަން. މިކަމަށްޓަކައި، ތިޔަބޭފުޅުންގެ ޚިޔާލުފުޅަށް އަޅުގަނޑުމެން އެދެން. އެގޮތަށް ކަނޑައެޅުނީމަ، ނޫނީވިއްޔާ ކަނޑައެޅޭ ގޮތަކަށް އެތަން ތަރައްޤީކުރުމުގެ މަސައްކަތް ފެށުމަށް، ސަރުކާރުން މިހާރު އޮތީ ތައްޔާރުވެފައި. އަޅުގަނޑު ބޭނުންވަނީ، ވަރަށް ބާރު ސްޕީޑުގައި އެ މަސައްކަތް ގެންދަން. ގެންގޮސް، މި އަންނަ ރަމަޟާން މަސް އަންނަންވާއިރަށް، އެކަން ނިންމާލެވޭތޯ ބަލަން. ރައީސް

މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ފަދަ ޙާލަތްތަކުގައި ހުރި، އަދި އެ ފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ ޢިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން 4 ޢިމާރާތެއް ތަޅައިލުމުގެ މަސައްކަތް ވަނީ މި މިނިސްޓްރީން މީގެ ކުރިން ނިންމާފައެވެ.

އެއީ މއ. ރަބީޢުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ. މިނިސްޓްރީއާ ތަޅައިލަން ޙަވާލުކުރެވިފައިވާ ޢިމާރާތްތަކުގެ ތެރޭގައި ހިމެނޭ، ކުރީގެ ކްރިމިނަލް ކޯޓު ހިންގި ޢިމާރާތުގެ މަސައްކަތް ވެސް ކައިރި ތާރީޚެއްގައި ފެށޭނެ ކަމަށް ލަފައިކުރެވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC