logoEN
WAMCO TOP 1
މަތީ ތައުލީމުގެ ހުރިހާ އިމްތިހާނަކުން 50 އިންސައްތަ ފާސްވާން ޖެހޭގޮތަށް ހަދަނީ

މަތީ ތައުލީމުގެ ހުރިހާ އިމްތިހާނަކުން 50 އިންސައްތަ ފާސްވާން ޖެހޭގޮތަށް ހަދަނީ

އަލްފާ އަލީ

logo

9/22/2024, 8:08:53 AM

# މަތީ ތަޢުލީމު# އެމްކިއުއޭ

-

މަތީ ތަޢުލީމް ދޭ މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ ހުރިހާ އިމްތިހާނުންތަކުން ފާސްވާންޖެހޭގޮތަށް އެމްކިއުއޭ ގެ އެކްރިޑޭޝަން އުސޫލަށް ބަދަލުގެންނަން ނިންމައިފިއެވެ.

THE TRAVELLER AD

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯ ފިޒާނާ ރަޝީދު ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ, ކޯސްތަކުގައި ދަރިވަރުންނަށް ހަވާލުކުރާ އެސައިމަންޓްތައް އެހެން މީހުން ލައްވައި ތައްޔާރުކުރާ މައްސަލަ ބޮޑުވެފައިވާ ކަމަށެވެ.

އެސައިންމަންޓް ތައް ކޮޕީކުރުން ނުވަތަ އެހެން މީހުން ލައްވައި އެސައިންމަންޓްތައް ހެދުމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މަތީ ތަޢުލީމް މަރުކަޒުތަކުން ހިންގާ ކޯސްތަކުގެ އިމްތިހާންތަކުން 50 އިންސައްތަ ފާސްވެގެން ނޫންގޮތެއްގައި އެ ކޯހުން ފާސް ނުވެވޭގޮތް ހެދުމަށް ނިންމާފައިވާ ކަމަށް ފިޒާނާ ވިދާޅުވި އެވެ.

ފިޒާނާ ވިދާޅުވީ އެ ނިންމުން ނިންމާފައިވަނީ މަތީ ތައުލީމު ދޭ މަރުކަޒުތަކުގެ އިސްވެރިންނާ ބައްދަލުކޮށް މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.

"50 އިންސައްތަ ކޮންޓްރޯލް އެގްޒާމުން ފާސްވެގެން ނޫނިއްޔާ ފާސްނުވާގޮތަށް ހަދައިފިނަމަ އެސައިމަންޓްގެ ބައި ކުޑަވެގެންދާނެ ކަމަށް ގަބޫލުކުރެވޭ. އެސައިމެންޓް ގަތުމުގެ ބައިވެސް ކުޑަވެގެން ދާނެ" ފިޒާނާ ވިދާޅުވި އެވެ.

މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް މަރުކަޒުތަކުން ދަރިވަރުން ހަދަން ޖެހޭ އެސައިމަންޓަށް 40 އިންސައްތަ އިން ފެށިގެން 70 އިންސައްތައާ ހަމަޔަށް މާކްސް ދެ އެވެ. އަދި އެއްވެސް އިމްތިހާނަކާ ނުލައި 100 އިންސައްތަ އެސައިންމަންޓުން ދަރިވަރުން ފާސްވާ މާއްދާތައްވެސް ބައެއް މަރުކަޒުތަކުގައި ކުރިއަށް ގެންދެ އެވެ.

ރާއްޖޭގައި މިހާރަކަށް އައިސް އެހެން މީހުން ލައްވައި އެސައިންމަންޓް ހެދުމާއި, އެސައިންމެންޓް ގަތުން ފަދަ ކަންކަން ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ.

ކޮމެންޓް
ފަހުގެ
HDC