
"މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި
# މަތީ ތަޢުލީމު# ނައިބު ރައީސް# އެޑިއުކޭޝަން މިނިސްޓަރފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ތިންވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައިފިއެވެ.

ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން- ހުޅުމާލޭގައި ރޭ ކުރިއަށްގެންދިޔަ މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މަތީ އަރުތަ ހޯދި ދަރިވަރުންނަށް އިނާމާއި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، މިނިސްޓަރ އޮފް އެޑިއުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް، ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ދައުލަތުގެ އިސްވެރިންނެވެ.
ރޭގެ ދަންފަޅީގައި، 304 ދަރިވަރުން އިނާމު ހާސިލުކޮށްފައިވެއެވެ.
ރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ފިލައެއް ހަވާލުކޮށްފައެވެ.
މަތީ އަރުތަވެރިންގެ އިނާމު ދިނުން މި އަހަރު ކުރިއަށްގެންދަނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ.
ގުޅުންހުރި

"މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ތިންވަނަ ދަންފަޅި ނައިބު ރައީސް ޝަރަފުވެރިކޮށްދެއްވައިފި

ސްކޫލުގެ އުނގެނުމުން ކުދިން ދުރުނުވާނެ ގޮތަކަށް ސްކޫލުން ބޭރު ކަންކަން ރޭވުމަށް މިނިސްޓަރ އިލްތިމާސް ކުރައްވައިފި

ދަތުގެ ފަރުވާއަށް ވުނަކުރުން އިތުރުކޮށް، ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދޭނެ - ނައިބު ރައީސް




