logoEN
cocacola
އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާ ކުރަނީ

އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާ ކުރަނީ

އަހުމަދު ޝުރާއު

logo

9/19/2024, 2:51:55 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

އަތޮޅު ސިޓީ ވަޤުފް މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި ވަޤުފް އިމާރާތެއް ބިނާ ކުރުމަށް ނިންމައިފިއެވެ.

ގޮސިޔާ

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، ވަޤުފް މަޝްރޫއުއަށް ޕްރޮޕޯސަލް ހުށައެޅި ކައުންސިލްތަކުގެ ތެރެއިން އެންމެ ރަނގަޅު ޕްރޮޕޯސަލެއް ހުށައެޅީ އައްޑޫ ސިޓީ ކައުންސިލުންކަމަށާއި އެ ޕްރޮޕޯސަލްއާއެކު ކުރިއަށް ދިއުމަށް ނިންމާ އެ ޕްރޮޖެކްޓުގެ ފީޒިބިލިޓީ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ.

ވަޒީރު ވިދާޅުވީ، މި މަޝްރޫއުއަކީ 30 މިލިއަން ރުފިޔާގެ މަޝްރޫއުއެއްކަމަށާއި މި ޕްރޮޖެކްޓު ކުރިއަށް ގެންދެވުމުން އައްޑޫ ސިޓީގެ މިސްކިތްތައް މަރާމާތުކުރުމާއި ދީނީ ކަންކަމަށް ޚަރަދު ކުރުމަށް ދަޢުލަތުން ޚަރަދު ކުރަން ނުޖެހޭނެކަމަށެވެ.

ވަޤުފް އިމާރާތްތަކުގެ މަޝްރޫޢުތަކަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަޝްރޫއުތަކެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައިވެސް ވަޤުފް އިމާރާތެއް އެޅުމަށް ވަނީ ނިންމާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ