logoEN
cocacola
ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއި އެކު ނިންމާލައިފި

ދީނީ އިޖްތިމާޢީ ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއި އެކު ނިންމާލައިފި

އަހުމަދު ޝުރާއު

logo

9/16/2024, 11:29:17 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އިއްޔެ ފެށި ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.

ގޮސިޔާ

ދީނީ ޖަމްޢިއްޔާަކުގެ އަހަރީ ބައްދަލުވުން ކުރިޔަށް ގެންގޮސްފައިވަނީ ތިން ސެޝަނަކަށް ބަހާލައިގެންނެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ 70 ޖަމްޢިއްޔާއަކުން 98 މަންދޫބުން ބައިވެރިވެފައިވާއިރު މީގެ ތެރޭގައި އޮންލައިންކޮށް ބައިވެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ.

މި ބައްދަލުވުމުގެ ތެރެއިން ރާއްޖޭގެ ދަޢުވަތުގެ މައިދާނުގައި ހަރަކާތްތެރިވާ ބައެއް ބޮޑެތި ޖަމްޢިއްޔާތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ހިއްސާކޮށް، ޖަމްޢިއްޔާތަކުން ދަޢުވަތުގެ ކަންކަމުގައި ޚިޔާލު ހުށައެޅުމުގެ ފުރުސަތުވެސް ވަނީ ދީފައި އެވެ.

މިއަދު މި ބައްދަލުވުން ނިންމާލާފައިވާއިރު އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ވިދާޅުވީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމުގައި ދީނީ މަސައްކަތްކުރާ ޖަމިއްޔާތަކުގެ ދައުރު ވަރަށްބޮޑު ކަމަށާއި މިފަދަ ޖަމިއްޔާތަކުގެ ފުރަތަމަ މަހާސިންތާ ވަރަށް ކާމިޔާބުކަމާއެކު މިއަދު ނިންމާލެވިފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ