logoEN
cocacola
އިމާމުން ތާޒާކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް އިތުރު 272 އިމާމަކު ފުރިހަމަކޮށްފި

އިމާމުން ތާޒާކުރުމަށް ކުރިޔަށް ގެންދިޔަ ޕްރޮގްރާމް އިތުރު 272 އިމާމަކު ފުރިހަމަކޮށްފި

އަހުމަދު ޝުރާއު

logo

9/17/2024, 9:43:40 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

އިމާމުން ތާޒާކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހަ އަތޮޅެއްގެ އިމާމުންނަށް ކުރިއަށް ގެންދިޔަ އިމާމުން ތާޒާ ކުރުމުގެ ޕްރޮގުރާމް ނިންމާލައިފިއެވެ.

ގޮސިޔާ

މިކަމަށްޓަކައި މިއަދު އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ޕްރޮގުރާމް ކުރިއަށް ގެންގޮސްފައިވަނީ މިލަދުންމަޑުލު ދެކުނުބުރިއާއި މާޅޮސްމަޑުލު އުތުރުބުރިއާއި ނިލަންދެއަތޮޅު އުތުރުބުރިއާއި އެ އަތޮޅު ދެކުނުބުރިއާއި ކޮޅުމަޑުލާއި ހައްދުންމަތީ އިމާމުންނެވެ. މި ހަ އަތޮޅުން ޖުމްލަ 272 އިމާމުން މި ޕްރޮގުރާމުގައި ބައިވެރިވެފައިވެއެވެ.

އިމާމުން ތާޒާކުރުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން މިހާތަނަށް ގއ، ގދ އަދި ފުވައްމުލަކު ސިޓީގައިވަނީ ދަންފަޅިތައް ބާއްވައިފައެވެ. އެ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އިމާމުން ތާޒާކޮށް ނިންމުމެވެ.

އިމާމުން ތާޒާކުރުމާއި، އިމާމުންނަށް އިތުރު ތަމްރީން ދިނުމާއި، މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުސަތު ފަހިކޮށްދެއްވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް އިސްކަން ދެއްވާ އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑަށް ބާރުއަޅުއްވާކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ