logoEN
cocacola
މޯޕާއިން ވެމްކޯއަށް ޕިކަޕާއި ޕްލާސްޓިކް މެނޭޖްކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި

މޯޕާއިން ވެމްކޯއަށް ޕިކަޕާއި ޕްލާސްޓިކް މެނޭޖްކުރާ ވަސީލަތްތަކެއް ހަދިޔާކޮށްފި

# މޯޕާ# ވެމްކޯ

-

މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސް (މޯޕާ)އިން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ)އަށް ޕިކަޕާއި ޕްލާސްޓިކް މެނޭޖްކުރާ ވަސީލަތްތައް ހަދިޔާކޮށްފި އެވެ.

ގޮސިޔާ

މާލެ, ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި މޯޕާގެ ފަރާތުން މި ތަކެތި ހަދިޔާކޮށްދެއްވީ އެ ޖަމިއްޔާގެ ރައީސް އަޙުމަދު މައުމޫން އެވެ. ވެމްކޯގެ ފަރާތުން މި ތަކެއްޗާ ހަވާލުވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ޖަލީލެވެ.

މޯޕާއިން ވެމްކޯއަށް ހަދިޔާކޮށްފައިވަނީ 2 ޓަނުގެ 4 ޕިކަޕާއި, 4 ބޭލަރާއި, ޕްލާސްޓިކް އެއްކުރުމަށް ބޭނުންކުރާ 3500 ނެޓް ބޭގާއި, 50 ލީޓަރުގެ 3000 ޑަސްބިންގެ އިތުރުން 100 ލީޓަރުގެ 200 ޑަސްބިނެވެ.

undefined

މި އާލާތްތަކަކީ ސަސްޓެއިނަބަލް އައިލެންޑް ވޭސްޓް މެނޭޖްމަންޓް އެންޑް ރީސައިކްލިންގ އިނީޝިއޭޓިވްގެ ދަށުން ހޯދާފައިވާ ތަކެއްޗެވެ. މި މަޝްރޫޢުއަކީ ކޯކާ-ކޯލާ ފައުންޑޭޝަންގެ އެހީތެރިކަމާއެކު ކުރިއަށް ގެންދެވޭ މަޝްރޫޢުއެކެވެ.

ވެމްކޯއަށް މި ލިބުނު ތަކެއްޗާއެކު އެކުންފުނިން ނިންމާފައިވަނީ ބައެއް ރަށްރަށުގައި ޕްލާސްޓިކް ރިކަވަރީ ކުދި ފެސިލިޓީތައް ގާއިމްކުރުމަށެވެ. އެގޮތުން މި ފެސިލިޓީތައް ގާއިމްކުރުމަށް ނިންމާފައިވަނީ, އައްޑޫ ސިޓީ, ކުޅުދުއްފުށި ސިޓީ, ފުވައްމުލައް ސިޓީ, ލ. ފޮނަދޫ އަދި ލ. ގަމުގައެވެ. މި ފެސިލިޓީތަކުގައި ޕެޓް ކޮމްޕެކްޓަރތައް ބެހެއްޓިގެންދާނެ އެވެ. އަދި ޕްލާސްޓިކް އެއްކުރުމުގެ މަސައްކަތައް ވެހިކަލްތައް ބޭނުން ކުރުމަށްވެސް ވަނީ ނިންމާފައެވެ.

undefined

މީގެ އިތުރުންވެސް ވެމްކޯއިން ނިންމާފައިވަނީ, ޕްލާސްޓިކް އެއްކުރުމަށް އާއްމު ތަންތަނުގައި ހާއްސަ ޑަސްބިންތައް ބަހައްޓައި ނެޓް ބޭގްތައް ބެހެއްޓުމަށެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާއްމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމަށްވެސް ވަނީ ނިންމާފައެވެ.

ވެމްކޯއިން މި މަސައްކަތްތައް ކުރުމަށް ނިންމާފައިވަނީ, ކައުންސިލްތަކާއި, ޖަމިއްޔާ ޖަމާއަތްތަކާއި އެހެނިހެން ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ