logoEN
cocacola
ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމުގައި ސަމާލުވާން އިލްތިމާސްކޮށްފި

އަހުމަދު ޝުރާއު

logo

9/18/2024, 2:58:02 PM

# އެޗްޑީސީ

--

ދިރިއުޅުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރި އުސޫލުން ތަރައްގީކުރަމުން އަންނަ ރެސިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމަންޓް ގަންނަ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގައި ސަމާލުވުމަށް ހައުސިންގެ ޑެވެލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީ އިން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ބުނީ ދިރިއުޅުމުގެ ބޭނުމަށް އަމިއްލަ ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ތަރައްގީކުރަމުން އަންނަ މިޑް ރޭންޖް އަދި ލަގްޒަރީ ހައުސިން މަޝްރޫއުތަކުން އެޕާޓްމަންޓް ވިއްކުމުގެ މުއާމަލާތްތައް ކުރިއަށް ގެންދާނީ އެ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތްތަކާއި އެޕާޓްމަންޓް ގަންނަ ފަރާތް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ.

ނަމަވެސް އެޕާޓްމަންޓް ގަތުމުގެ ފައިސާގެ މުއާމަލާތް ކުރިއަށް ގެންދަންވާނީ އިމާރާތްކުރާ ފަރާތާއި އެޗްޑީސީއާ ދެމެދުވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަމަށް ވެސް ބުންޏެވެ.

އެގޮތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ ރެޒިޑެންޝަލް އިމާރާތްތަކުން އެޕާޓްމަންޓްތައް ވިއްކުމުގެ ކުރިން ބުކިން ފީގެ ގޮތުގައި ގިނަވެގެން 50،000 ރުފިޔާގެ ފީއެއް ޑިވޮލޮޮޕަރަށް ނެގިދާނެ ކަމަށާއި ނަަމަވެސް އެއީ އެޕާޓްމަންްޓްގެ ޖުމްލަ އަގުން އުނިކުރެވޭ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ. އަދި އެޕާޓްމެންޓް ވިއްކުމަށް ހުޅުވާލެވޭނީ، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނިންމައި އެޗްޑީސީން އެކަމުގެ ހުއްދަ ހޯދުމަށްފަހުގަ އެވެ.

އެެހެންކަމުން އެޕާޓްމެންޓް ވިއްކުމުގެ ހުއްދަ ލިބުމުގެ ކުރިން ބުކިނގް ފީގެ އިތުރުން، އެއްވެސް ފައިސާއެއް ކަސްޓަމަރުން އަތުން ނުނެގޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.

އެޗްޑީސީން ބުނީ، ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ، ރެސިޑެންޝިއަލް އިމާރާތްތަކުން އެޕާޓްމަންޓް ގަތުމަށް ޝއުގުވެރިވާ ފަރާތްތަކުން ފައިސާގެ މުއާމަލާތް ކުރުމުގެ ކުރިން މި ކަންކަމަށް ސަމާލުވުމަށް އެދޭކަމަށެވެ.

އެޗްޑިސީގެ އިއުލާނުގައި އިތުރަށް ބުނީ އަސޭރިޔާ ޕްރޮޖެކްޓުގެ އެޕާޓްމެންޓުގެ ބުކިންގ ފީގެގޮތުގައި، ކަސްޓަމަރުންގެ އަތުން އެއްމިލިއަން ރުފިޔާގެ ފީއެއް ނެގުމުގެ ހުއްދަ ޑެވެލޮޕަރަށް ލިބިގެން ވެއެވެ. އަދި، އިމާރާތުގެ ސިވިލް މަސައްކަތުގެ %20 ނުނިމުނު ނަމަވެސް އެޗްޑީސީއާއި ޑެވެލޮޕަރާއި ދެމެދު އުފައްދާފައިވާ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކޮށްގެން،އެ ޕްރޮޖެކްޓްތަކުގެ އެޕާޓްމަންޓް އާންމުންނަށް ގަނެވިދާނެ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ