logoEN
cocacola
ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނު ސާފު ކުރުމުގެ މަސައްކަތް އެޗްޑީސީން ފަށައިފި

އަހުމަދު ޝުރާއު

logo

8/31/2024, 1:09:48 PM

# އެޗްޑީސީ

--

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯން ސާފުުކުރުމުގެ މަސައްކަތް ހައުސިންގ ޑެވެލޮޕްމެންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ފަށައިފި އެވެ.

ގޮސިޔާ

އެޗްޑީސީން މިއަދު ބުނީ، އިންޑަސްޓްރިއަލް ޒޯނު ހިމެނޭ ސަރަހައްދުގައި ޕާކު ކޮށްފައިވާ އުޅަނދުތަކާއި ދުވާރުމަތީ ބަހައްޓާފަހުރި ތަކެތި ނަގައި އެސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއީ، ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތެކެވެ. މި މަސައްކަތުގައި ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ލިބެމުން އަންނަ ކަމަށާއި، މިއަދު އިންޑަސްޓްރިއަލް ޒޯނު ސާފުކުރަނީވެސް އެއިދާރާތަކާއި ގުޅިގެންކަމަށް އެޗްޑީސީއިން ބުނެފައި ވެއެވެ.

ހުޅުމާލެ އިންޑަސްޓްރިއަލް ޒޯންގައި ގިނަ އަދަދެއްގެ ވެހިކަލް ޕާކްކޮށްފައި ހުރިއިރު،އޭގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައްވެސް ހިމެނެ އެވެ. އެޗްޑީސީން ފުލުހުންނާއި ގުޅިގެން އެއުޅަނދުުތައް ނަގަންފަށާފައިވަނީ ،އެތަކެތީގެ ވެރިފަރާތްތަކަށް އެކަށީގެންވާ މުހުލަތެއް ދިނުމަށްފަހުގަ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ