
މަގުތަކަކީ ރައްކާތެރި ތަނަކަށް ހެދުމަށް އެންމެން މަސައްކަތް ކުރަން ޖެހޭ - ރައީސް
# ޑރ. މުހައްމަދު މުއިއްޒު-
މަގުތަކަކީ އަޅުގަނޑުމެންނަށް ރައްކާތެރި މަގުތަކަކަށް ހެދުމަށް ޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައީސުލްކުމްހޫރިއްޔާ ޑރ. މުހައްމަދު މުުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ, މަގުމަތީގެ ރައްކާތެރިކަމާއި ބެހޭގޮތުން ހޭލުންތެރިކަން އުފެއްދުމަށް މަޝްހޫރު އެނިމޭޓަރ ޔާމީން ރަޝީދު ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ހިއްސާކުރައްވައި ލިޔުއްވި މެސެއްޖެއްގައެވެ.
"ކޮންމެ ފުރާނައަކީވެސް އަގުހުރި އެއްޗެއް. ރައްކާތެރިކަމާއެކު ދުއްވާ! މަގުތަކަކީ އަޅުގަނޑުމެންނަށް ރައްކާތެރި މަގުތަކަކަށް ހެދުމަށް ޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތް ކުރަން ހިނގާ! އަމިއްލަ އަތުން ކުރާ ގޯސް ކަންކަން ރަނގަޅު ކުރަން ދެވަނަ ފުރުސަތެއް ނުލިބުމަކީ އެކަށީގެންވާ ކަމެއް" - ރައީސްގެ މެސެޖުގައި ލިޔުއްވާފައިވެއެވެ.
ޔާމީން ރަޝީދު ތައްޔާރުކުރި މި އެނިމޭޓެޑް ވީޑިއޯއިން ފެންނަ ގޮތުގައި, މައިންބަފައިންނާ ވަކިން ދިރިއުޅޭ ފިރިހެން ދަރިފުޅަށް ހަދިޔާއެއް ހިފައިގެން ބައްޕަ ސައިކަލުގައި ދަނިކޮށް ގަވާއިދާ ހިލާފަށް ބާރު ސްޕީޑުގައި އައި ކާރަކުން ޖެހި އެކްސިޑެންޓްވެ އުމުރަށް ދުނިޔެއާ އަލްވަދާއު ކިޔަންޖެހޭ މަންޒަރެވެ. އެ ވީޑީއޯގައި އެކްސިޑެންޓްވި ކާރު ދުއްވަން އިނީ ސައިކަލުގައި ބައްޕަ ހަދިޔާ ހިފައިގެންދިޔަ ފިރިހެން ދަރިފުޅެވެ.
މަގުތަކަކީ ރައްކާތެރި ތަނެއްގެ ގޮތުގައި ހެދުމަށް އެންމެ އެކުގައި ގުޅިގެން މަސައްކަތްކުރުމަށް ރައީސް ވަނީ ގޮަވާލައްވާފައެވެ.
ގުޅުންހުރި

ޙައްޖަށް މީހުން ގެންދިއުމުގެ ކަންތައްތައް ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ރައީސް ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ: ވަޒީރު

މިއަހަރުގެ ފިތުރު އީދުގައިވެސް ރައީސްގެ ދެކަނބަލުން އީދު ސަލާމް ކުރައްވާނެ!

ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ހިދުމަތްދޭން ފަށާނަން: ރައީސް




