logoEN
cocacola
ފެނަކައިން މީގެކުރިން ނުއަގުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓުތައް ހަމަ މަގަށް: އިތުރަށް ނަގާފައި ތިބި މުވައްޒަފުން ދޫކޮށްލަން ނޯޓިސް ފޮނުވަނީ

ފެނަކައިން މީގެކުރިން ނުއަގުގައި ކުރިޔަށް ގެންދިޔަ ޕްރޮޖެކްޓުތައް ހަމަ މަގަށް: އިތުރަށް ނަގާފައި ތިބި މުވައްޒަފުން ދޫކޮށްލަން ނޯޓިސް ފޮނުވަނީ

އަހުމަދު ޝުރާއު

logo

9/17/2024, 5:19:33 PM

# ފެނަކަ ކޯޕަރޭޝަން

--

ފެނަކަ ކޯޕަރޭޝަންގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެކަމުގެ ހަގީގަތް އެކުންފުނިން ހާމަކޮށްފި އެވެ.

ގޮސިޔާ

އެކުންފުނިން މިއަދު ބުނީ ފެނަކައިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

އަދި މިހާރު އެ ކުންފުނި ތަޙައްމަލް ކުރަމުން ދާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ނުނިމި ދިގުލައިގެން ގޮސްފައިވާ ޕްރޮޖެކްޓްތައް، ޚަރަދު ކުޑަ އުސޫލަކުން ކުރިޔަށް ގެންދިޔުމަށްޓަކައި އެ ޕްރޮޖެކްޓްތަކަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ، އެ މުވައްޒަފުންނަށް ނޯޓިސް ފޮނުވަން ވަނީ ފަށާފައިކަމަށް ފެނަކައިން ބުނެއެވެ.

މިގޮތުން ދޫކޮށްލެވޭ ގިނަ މުވައްޒަފުން ނަގާފައިވާ ޕްރޮޖެކްޓްތަކަކީ މިވަގުތު މަސައްކަތް ނުހިނގާ ޕްރޮޖެކްޓްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ.

އެކުންފުނިން ބުނީ އެންމެ އިސްކަމެއް ދޭނީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށް ދިނުމަށް ކަމަށްވާތީ، ކުންފުންޏަށް ގެއްލުންވާނެ އެއްވެސްކަމެއް ކުރިޔަށް ނުގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ