logoEN
cocacola
އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ 9,000ރ ފޭރިގެންފި

އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ބިދޭސީން ދިރިއުޅޭ ތަނަކަށް ވަދެ 9,000ރ ފޭރިގެންފި

# ފުލުހުން

-

އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި އޮޅުވާލައިގެން ބިދޭސީއެއްގެ އަތުން 9000 ރުފިޔާ ފޭރިގެންފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ, ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ ބަންގްލަދޭޝްގެ މީހެއްގެ އަތުން ފޯނަކާއި 9000 ރުފިޔާ ފޭރިގަނެފައިވާ މައްސަލައެއް އިއްޔެ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ގ.ބޭރުގެ މުހައްމަދު ނަވީން ހައްޔަރުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.

މާލޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ވަނީ މިހާރު ޑީޕޯޓުވެސް ކޮށްލާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ