logoEN
cocacola
މާލޭ ޒޯނަށް ރަޖިސްޓްރީ ނުކޮށް އެޒޯނުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި

މާލޭ ޒޯނަށް ރަޖިސްޓްރީ ނުކޮށް އެޒޯނުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި

އަލްފާ އަލީ

logo

9/16/2024, 4:46:01 PM

# ފުލުހުން

-

މާލެ ސަރަހައްދުގައި ރަޖިސްޓްރީ ނުކޮށް ދުއްވާ އުޅަނދުތަކާއި, މާލޭ ޒޯން ނޫން އެހެން ޒޯނުގައި ރަޖިސްޓްރީކޮށްގެން މާލެ ސަރަހައްދުގައި ދުއްވާ އުޅަނދުތަކުގައި ސްޓިކާ ޖަހަން ފަށައިފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ, އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ ދަށުން، ރަޖިސްޓްރީ ނުކުރާ އުޅަނދުތަކާއި، "އޭ" ޒޯން ނުވަތަ މާލެ ސަރަހައްދު ހިމެނޭ ޒޯނަށް ރަޖިސްޓަރ ނުކޮށް މާލޭ ސަރަހައްދުގައި ދުއްވާ އުޅަނދުތައް ޤާނޫނާއި ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ފުރުސަތުދޭން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށް ގެންދިއުމަށް އަންގާ، އެއުޅަނދުތަކުގައި ސްޓިކާ ހަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ އުޅަނދުތައް ސްޓީކާގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން އެސަރަހައްދުން ނެގުމަށް އުޅަނދުގެ ވެރިފަރާތަށް ފުލުހުން ވަނީ އަންގާފައެވެ.

މިފަދަ އުޅަނދުތައް ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެމްއޭސީއެލް ފްލެޓުތައް ކައިރީ އޮންނަ ހުސް ބިމަށެވެ. 42,000 އަކަފޫޓުގެ އެބިން ހަމަޖައްސާފައިވަނީ މިދިޔަ މަހުގައެވެ.

މި ބިމުގައި އުޅަނދު ބަހައްޓާ ފަރާތްތަކަށް އުޅަނދުގެ ރަޖިސްޓްރޭޝަން ޕްރޮސެސް ފުރިހަމަކުރުން ނުވަތަ ރަޖިސްޓްރީ ކޮށްފައިވާ ޒޯނަކަށް އެ އުޅަނދެއް 6 މަސްދުވަހުގެ ތެރޭގައި ގެންދަންޖެހޭނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ