logoEN
cocacola
ޣައްޒާގެ "ސޭފް ޒޯނުގައި" ހުރި  ބޭކަރީއަކަށް ޔަހޫދީން ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި

ޣައްޒާގެ "ސޭފް ޒޯނުގައި" ހުރި ބޭކަރީއަކަށް ޔަހޫދީން ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

9/16/2024, 12:17:18 PM

# ޣައްޒާ

ޣައްޒާގެ ބޭކަރީއަކަށް ޔަހޫދީ އިޒްރޭލުން ބޮން އަޅައި 5 މީހަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ހަބަރުތައް ގެނެސްދޭ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކުރާ ގޮތުގައި އަލްމަވާސީ ސަރަހައްދުގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ މީހުން ދިރިއުޅޭ އަލް ސުމޫދު ކޭމްޕްގެ ބޭކަރީއަކަށް އިސްރާއީލުން ދިން ހަމަލާގައި ފަސް މީހަކު ވަނީ ޝަހީދުވެފަ އެވެ.

މި ހަމަލާގެ ސަބަބުން ގިނަ ބަޔަކަށް އަނިޔާވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ވަފާއިން ބުނެއެވެ.

ހަމަލާދިން އަލް މަސާވީ ސަރަހައްދަކީ ޔަހޫދީން ހަނގުރާމައިގައި "ސޭފް ޒޯން"އެއްގެ ގޮތުގައި ކަނޑަައަޅާފައިވާ ސަރަހައްދެކެވެ.

ޣައްޒާގެ ސިއްހީ މަސްދަރުތަކުން ބުނި ގޮތުގައި ފަތިހުން ފެށިގެން ޔަހޫދީންގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާރު އުޅެނީ 21 ގަ އެވެ.

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 41,226 މީހުން ވަނީ ޝަހީދުވެފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ