logoEN
cocacola
ޣައްޒާގެ ސްކޫލަކަށް ބޮން އަޅައި 14 މީހުން ޝަހީދުކޮށްލައިފި, ކުޑަކުދިންނާއި އަންހެނުން ހިމެނޭ!

ޣައްޒާގެ ސްކޫލަކަށް ބޮން އަޅައި 14 މީހުން ޝަހީދުކޮށްލައިފި, ކުޑަކުދިންނާއި އަންހެނުން ހިމެނޭ!

އަހުމަދު ޝުރާއު

logo

9/11/2024, 3:41:00 PM

# ޣައްޒާ

ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕްގެ ސްކޫލަކަށް ޔަހޫދީން ބޮން އަޅައި އަންހެނުންނާއި ކުޑަކުދިންތަކެއް ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ފަލަސްތީނުގެ ނިއުސް އެޖެންސީ ވަފާއިން ރިޕޯޓުކުރާ ގޮތުގައި ޔަހޫދީންގެ ވައިގެ މަގުން ހަމަލާދީފައިވަނޯ ޣައްޒާގެ މެދުތެރޭގެ ނުސީރަތު ރެފިއުޖީ ކޭމްޕުގައި ހުރި އަލް ޖައުނީ ސްކޫލަށެވެ. އެސްކޫލަކީ ޔަހޫދީންގެ ހަމަލާތަކާއި ގުޅިގެން ގިނަ ބަޔަކު ބޯހިޔާވަހިކަން ހޯދަމުން ދިޔަ ސްކޫލެކެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނަކު ވިދާޅުވީ މި ހަމަލާގައި ޔޫއެންއާރްޑަބްލިއުއޭގެ ދެ މުވައްޒަފަކާއި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް 14 މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސް އިން ބުނީ އެ ޖަމާއަތުގެ ޓީމުތަކުން އަދިވެސް ހަށިތައް ހޯދުމަށާއި ސަލާމަތްވި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި މިހާތަނަށް ސީރިއަސް ޒަހަމްތަކެއް ލިބުނު 18 މީހަކު ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އިޒްރޭލުން ބުނާ ގޮތުގައި މި ހަމަލާދީފައިވަނީ އެސްކޫލުގައި ތިބި ހަމާސްގެ ހަނގުރާމަވެރިންނަށް އަމާޒުކޮށެވެ. ނަމަވެސް މިއީ މައުސޫމް ކުށެއް ނެތް އެތައް ބަޔަކު ޝަހީދުކޮށްލުމަށްފަހު ޔަހޫދީން އަބަދުވެސް ދެމުން އަންނަ ޖަވާބެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ