
ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފަށައިފި
# އެންޑީއޭ# ނ އަތޮޅު--
ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ނ.އަތޮޅު ކައުންސިލާއި ނޭޝަނަލް ޑްރަގް އެޖެންސީ ގުޅިގެން ނ.އަތޮޅުގައި މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތަކަށް ބޭނުންވާ އަޅާލުން ފޯރުކޮށްދީ، ފައިދާހުރި ބައެއްގެ ގޮތުގައި މުޖުތަމަޢުއާ ގުޅުވައިދިނުމަށް ވަނީ ނިންމަވާފައެވެ. މި ފަހުމުނާމާގައި ސޮއިކުރީ މިމަހުގެ 12ވަނަ ދުވަހުއެވެ.
މި ފަހުމުނާމާގެ މަގްސަދަކީ މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތައް މަދުކުރުމާއި، އެފަރާތްތައް މުޖުތަމައާ ގުޅުވައިދިނުމުގެ އިންތިޒާމްތައް ނ.އަތޮޅުގައި ޤާއިމްކުރުމާއި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތްތައް ޤާއިމްކުރުމުގެ އިތުރުން މުޖުތަމަޢަށް އަނބުރާ ނުކުތުމަށް ބޭނުންވާ އަޅާލުމާއި އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެވޭކަން ދެފަރާތުން ކަށަވަރުކުރުމެވެ.
ދެފަރާތުގެ މަސްޢޫލިޔަތާއި ދައުރު ހިމެނޭ ކަންކަމުގެ ތެރޭގަ:
- ޕްރޮގްރާމް ފެށުމަށް ހެދޭ ނީޑްސް އެންޑް ރެޑިނަސް އެސެސްމަންޓްތަކުގެ ނަތީޖާތަކަށް ބިނާކޮށް ނޫނު އަތޮޅުގެ އެކި ރަށްތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތައް އެކުލަވާލައި އަދި 6 (ހައެއް) މަސް ދުވަހުގެ ޕައިލެޓް ޕްރޮގްރާމެއް ކަނޑައެޅޭ ރަށެއްގައި ހިންގުން
- މަސްތުވާތަކެތީގެ މައްސަލަހުރި ފަރާތްތަކުން ފަރުވާގެ ޚިދުމަތަށް (އެޕްލިކޭޝަން، ރެޖިސްޓްރޭޝަން، އެސެސްމަންޓް އަދި އެހެނިހެން) ހުށައަޅާނެ ނިޒާމެއް ޤާއިމްކުރުން
- ފަރުވާ ނަގަމުންދާ ފަރާތްތަކަށް ބޭނުންވާ ޞިއްޙީ (ޖިސްމާނީ އަދި ނަފްސާނީ) އެހީތެރިކަން އެއިދާރާއެއްގައި ހުރި ޚިދުމަތް ދިނުމުގެ ޤާބިލުކަމަށް ރިޢާޔަތްކޮށް ފޯރުކޮށްދިނުން
- މި ޕްރޮގްރާމްގައި ހިލޭސާބަހަށް މަސައްކަތްކޮށްދޭނެ ފަރާތްތަކުގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވާނެ ޓީމެއް އެކުލަވާލާ ތަމްރީނުކުރުން
- މި ޕްރޮގްރާމުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން
- ވަށާޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަނބުރާ މުޖުތަމަޢުއަށް ފައިދާކޮށްދޭ ބައެއްގެ ގޮތުގައި ގުޅުވައިދިނުނުން
- ޕްރޮގްރާމް ހިންގުމަށް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ އެކަމުގެ ހައްލުހޯދުމަށް ދެފަރާތުންވެސް ކަމާއިބެހޭ ފަރާތްތަކާއެކު މަސައްކަތްކުރުން
- މޮނިޓަރިންގ އެންޑް އިވެލުއޭޝަން: މި ޕްރޮގްރާމުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފައިދާއާއި އަސަރު ވަޒަންކުރުމަށްޓަކައި މޮނިޓަރިންގ އެންޑް އިވެލުއޭޝަން ފްރޭމްވޯކެއް އެކުލަވާލައި ތަންފީޒުކުރަންވާނެއެވެ. އަދި ޚިދުމަތުގެ މަޤްޞަދުތައް ޙާސިލްކޮށްދީ، ރަނގަޅުވަމުން އަންނަ ފަރުދުންގެ ދިރިއުޅުމަށް ހެޔޮ އަސަރުތަކެއް ކުރަމުންދާކަން ކަށަވަރުކުރުމަށް ޤަވާއިދުން މޮނިޓަރިންގ އަދި އިވެލުއޭޝަން ހަރަކާތްތައް ހިންގުން
- މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ދެވޭ ޚިދުމަތްތައް ދިނުމުގެ މަސައްކަތް ކަނޑައަޅާ އުސޫލެއްގެ މަތިން ބެލެހެއްޓުން
ނ. އަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްގެ އެމްއޯޔޫ އަދި އެސްއޯޕީގައި ސޮއިކުރުމަށްފަހު ޕްރޮގްރާމްގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް އެންޑީއޭގެ ބޯޑުގެ ފަސްވަނަ ބައްދަލުވުމުން ނިންމަވާފަވާއިރު ނ. އަތޮޅުގައި މަސްތުވާތަކެތީގެ މައްސަލަ ހުރި މިންވަރު ދެނެގަތުމާއި، މަސްތުވާތަކެތިން ރައްކާތެރިކުރުމާއި އަދި ފަރުވާ ބޭނުންވާ ފަރާތްތަކަށް ދޭން އެންމެ އެކަށީގެންވާ ފަރުވާގެ ބާވަތްތައް ދެނެގަތުމަށް މަޢުލޫމާތުތައް ނީޑް އެންޑް ރެޑިނަސް އެސެސްމަންޓްގެ ޒަރީއާއިން އެއްކުރަންޖެހޭ ގޮތަށްވެސް ވަނީ ނިންމަވާފައެވެ.
މި ޕްރޮގްރާމްގެ މޮނިޓަރިންގ އަދި އިވެލުއޭޝަންގެ އެންމެހާ ކަންތައްތައް ކުރާނީ ނޭޝަނަލް ޑްރަގް އޭޖެންސީންނެވެ.
ގުޅުންހުރި

ނ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ ބިންގާ އަޅައިފި

މަސްތުގެ ހާލަތުގައި ތިބޭ ފަރާތްތައް މަގުމަތިން ފެންނަނަމަ އަވަހަށް ރިޕޯޓުކުރޭ: އެންޑީއޭ

100އަށް ވުރެ ގިނަ ރަށްރަށުން ކޮމިއުނިޓީ ރީ-އިންޓަރގްރޭޝަން ފަރުވާގެ ޚިދުމަތް ދަނީ ދެމުން - އެންޑީއޭ
