logoEN
Sto top
މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ  - އިޙްސާން

މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ - އިޙްސާން

# މަސްތުވާތަކެތި މައްސަލަ# އެންޑީއޭ# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ދާޚިލީ ވަޒީރު# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ރައީސް އޮފީސް

މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

Wamco

ރިޔާސީ ބަޔާނާ ގުޅޭގޮތުން ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ކަސްޓަމްސްގެ ބުރަ މަސައްކަތުން މިހާރު ރާއްޖެއަށް އެތެރެވާ ކޮންމެ ޕެކޭޖެއް އަންނާނީ ސްކޭން ކުރެވިގެން ކަމަށާއި މީގެ ކުރިން ރާއްޖެއަށް ވައިގެ މަގުން އެތެރެ ކުރާ ޕެކޭޖުތައް ރެންޑަމް ސްކްރީނިން ހެދިނަމަވެސް މިއަދު ހުރިހާ ޕެކޭޖެއް ސްކޭންކުރާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް ރާއްޖެ ގެންނަ ބޮޑެތި ކޮންޓެއިނަރުތައް ސްކޭންކޮށްގެން ނޫނީ ކާގޯ ދޫނުކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެވާ މިންވަރު މަދު ކުރުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވަމުން އަންނަ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންވެސް ބުރަ މަސައްކަތްތަކެއް ކުރައްވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ފަރާތްތައް ހުއްޓުވުމަށް ފެށި އޮޕަރޭޝަން އަލިމަގަކީ ކާމިޔާބު އޮޕަރޭޝަނެއް ކަމަށެވެ.

ވަޒީރު ވިދާޅުވީ މިދިޔަ ދެ އަހަރަށް ވުރެ ރަނގަޅު ނަތީޖާތަކެއް މި އަހަރުގެ ތެރޭގައި ނެރެވޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެއްޗަށް އޮތް ޑިމާންޑް ހުއްޓުވުމަށް ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމުގެ ތެރެއިން އެންމެ ބޮޑު އިސްކަމެއް ދެއްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށެވެ.

މަސްތުވާތަކެތީގެ މައްސަލައަށް ހައްލު ގެނައުމަށް ސަރުކާރުން ވަނީ ޤާނޫނަށްވެސްއިސްލާހުތަކެއް ގެނެސްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC