logoEN
cocacola
ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި

ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހާ 30 ދުވަހަށް ބަންދުކޮށްފި

އަހުމަދު ޝުރާއު

logo

9/16/2024, 9:21:21 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދެ ދަރިންނަށާއި އާއިލީ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން އިއްޔެ ބުނީ ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަަށް ތުހުމަތު ކުރެވޭ މައްސަލަ ރޭ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މި މައްސަލައާއި ގުޅިގެން މިއަދު ފުލުހުން ބުނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މިފަދަ މައްސަލައެއް މާލެއިން ރިޕޯޓުކުރި އިރު ސައުތު ޕޮލިސްގައި ހިމެނޭ ރަށަކުންނާއި ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށަކުން ޖިންސީ ގޯނާގެ ދެ މައްސަލައެއް ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ. އަދި ސައުތު ޕޮލިސް ހިމެނޭ ރަށަކުން ހުށަހެޅި މައްސަލަ އާއި ގުޅިގެން 57 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ