logoEN
cocacola
ދެ އަންހެން ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

ދެ އަންހެން ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

9/15/2024, 2:09:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު މާލެއިން ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނީ ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނަށާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަަށް ތުހުމަތު ކުރެވޭ މައްސަލަ ރޭ ދަންވަރު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުށަހަޅާފައިވަނީ މާލެއިން ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލަ އާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މިފަދަ މައްސަލައެއް މާލެއިން ރިޕޯޓުކުރި އިރު ސައުތު ޕޮލިސްގައި ހިމެނޭ ރަށަކުންނާއި ސައުތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށަކުން ޖިންސީ ގޯނާގެ ދެ މައްސަލައެއް ވަނީ ފުލުހަށް ރިޕޯޓުކޮށްފައެވެ. އަދި ސައުތު ޕޮލިސް ހިމެނޭ ރަށަކުން ހުށަހެޅި މައްސަލަ އާއި ގުޅިގެން 57 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ