
--
ހުޅުމާލޭ ހިޔާ ޓަވަރަށް ފިރިހެނުން ގެންގޮސްގެން ފޭނުނު މައްސަލައިގައި 2 މީހެއްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލައާ ގުޅިގެން ދައުވާ ކުރަން ފޮނުވާފައި ގ. ރަނައުރާގޭއާގެ އުމުރުން 39 އަހަރުގެ ރިމާނާ މޫސާ އަދި ގ. އޯލްޕެރިސް އުމުރުން 44 އަހަރުގެ އަހުމަދު މިހާދުގެ މައްޗަށެވެ.
މި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 30 ދުވަހުގެ މުއްދަތެއް ޖަހާފައެވެ. އަދި ކޯޓު އަމުރުގައި ބުނީ މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ހެކި ހުށަހަޅާފައިވާ ކަމަށެވެ.
އަދި މި މައްސަލާގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ހުށަހަޅާފައިވާ ކަމަށާއި ލިޔެކިޔުންތައް އެ އޮފީހުން ބަލައިގެންފައިވާ ކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވެއެވެ.
އެކި ގޮތްގޮތަށް އޮޅުވާލައިގެން މީހުން ހިޔާ ފުލެޓުތަކަށް ގެންގޮސް ފޭރުމުގެ މައްސަލަތައް މިއަހަރު ވަނީ ފެންމަތިވެފައިވެއެވެ. އޭގެ ތެރެއިން ބައެއް ކުށްތައް ކޮށްފައި ވަނީ އަންހެނުންނާއި ފިރިހެނުން ހިމެނޭ ގުރޫޕުތަކުން ކަމަށް މީގެ ކުރިން ފުލުހުން ބުނެފައިވެއެވެ.
ގުޅުންހުރި

ފަޒުލް އަދި ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތަށް ބާރުދޭ ހެއްކެއް ހޯދިފައެއްނުވޭ: ޕީޖީ

މަޙްޒޫމްއާއި ޝިމަން މައްޗަށް ކޮށްފައިވާ ދަޢުވާތައް ކުރިއަށް ނުގެންދަން ނިންމައިފި

ރާއްޖޭގެ ޕްރޮސިކިއުޓަރ ޖެނެރަލް ޗައިނާގެ ޕްރޮސިކިއުޓޯރަލް ވަފްދާއެކު ރަސްމީ މަޝްވަރާތައް ކުރިޔަށްގެންގޮސްފި





