logoEN
cocacola
ދެކުނުގެ ތިން ސިޓީގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ޓްރެއިނިނިންގ ސެޝަނެއް!

ދެކުނުގެ ތިން ސިޓީގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް ފަސްޓްއެއިޑް ޓްރެއިނިނިންގ ސެޝަނެއް!

އަހުމަދު ޝުރާއު

logo

9/15/2024, 11:22:43 AM

# ވެމްކޯ

--

ވެމްކޯގެ ހިދުމަތް ދެމުންއަންނަ ދެކުނުގެ ސިޓީތަކުގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ސެޝަންތަކެއް ކުރިޔަށް ގެންގޮްސްފި އެވެ.

ގޮސިޔާ

ވެމްކޯއިން މިއަދު ބުނީ ތިނަދޫ ސިޓީ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގެ މުވައްޒަފުންނަށް ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ސެޝަނެއް ކުރިޔަށް ގެންގޮްސްފައިވާ ކަމަށެވެ. އެގޮތުން މި ސެޝަން ކުރިޔަށް ގެންގޮސްފައިވަނީ ފުވައްމުލައް ސިޓީގައި އެވެ.

މި ސެޝަންގައި އެ ތިން ސިޓީގައި މަސައްކަތްކުރާ ވެމްކޯގެ ބައެއް މުވައްޒަފުން ވަނީ ބައިވެރިވެފައި އެވެ. މި ސެޝަންތަކަކީ މޯލްޑިވްސް ރެޑް ކްރެސެންޓާއި ގުޅިގެން ކުރިޔަށް ގެންދިޔަ ސެޝަންތަކެކެވެ.

ވެމްކޯއިން ބުނީ މި ސެޝަންތަކަކީ އެކުންފުނީގެ މުވައްޒަފުން މަސައްކަތުގެ މާހައުލުގައި ދިމާވާ ސިއްހީ ކަންކަމުގައި އަވަސް ކުއްލި ފަރުވާ ދިނުމަށް ތަމްރީން ކުރުމުގެ ގޮތުން ކުރިޔަށް ގެންދިޔަ ސެޝަންތަކެއް ކަމަށެވެ.

ވެމްކޯއިން ދާދި ފަހުން ވަނީ މާލޭގައި ވެސް ރެޑްކްރެސެންޓާއި ގުޅިގެން ތަމްރީން ޕްރޮގްރާމުތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން މާލޭގައި ކުރިޔަށް ގެންދިޔަ 3 ތަމްރީނެއްގައި ޖުމްލަ 61 ބައިވެރިން ވަނީ ތަމްރީންތައް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ