logoEN
cocacola
ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

# ފުލުހުން

-

ނުކުޅެދުންދުންތެރިކަން ހުންނަ ފިރިހެން މީހަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ, ދެކުނުގެ ރަށެއްގައި ނުކުޅެދުންތެރިކަން ހުންނަ މީހަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ރިޕޯޓެއް އޭޕްރިލް މަހުގެ 14 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުދަ ދުވަހު ހައްޔަރުކުރީ 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ޖިންސީ އަނިޔާ ލިބުނު މީހާ އަކީ ނުކުޅަދުންތެރިކަންހުންނަ މީހަކަށް ވުމުން، ގާނޫނުގައިވާގޮތުގެ މަތިން މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންއަންނަނީ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ގޮތުގައި ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ