logoEN
cocacola
ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިއްޖެ

ތަސްލީމް ހޯދުމަށް އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިއްޖެ

# ފުލުހުން

-

ގެއްލިގެން ހޯދަމުން އަންނަ ކ.މާލޭ / މ.އަސަރީހަދާން، ތަސްލީމް މުހައްމަދު ހޯދުމަށްޓަކައި އިންޓަޕޯލް ޔެލޯ ނޯޓިސްއަކަށް އެދިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ, 30 އޮގަސްޓު 2024 ވަނަ ދުވަހު ތަސްލީމް ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެވަގުތުން ފެށިގެން މެރިން ޕޮލިހާއި އެމްއެންޑީއެފް ކޯސްޓްގާޑް ގުޅިގެން އެސަރަހައްދު ޑައިވްކޮށްގެންވެސް ވަނީ ބަލާފައެވެ.

އެމްއެންޑީއެފްގެ ޑައިވިންގ ޓީމް ވަނީ 31 އޮގަސްޓު 2024 އިން 1 ސެޕްޓެމްބަރު 2024 އަށް އަދި ސެޕްޓެމްބަރު 6 ވަނަ ދުވަހު (ޖުމްލަ 3 ދުވަސް) 943998 އަކަމީޓަރުގެ ސަރަހައްދު ޑައިވްކޮށް ބަލާފައެވެ.

ފުލުހުންގެ ބަޔާނުގައި ބުނެފައިވަނީ, ހުވަފެންފުށި ކައިރީ އޮތް ފަސްގަނޑަށް އެމީހުން ދަތުރު ދިޔުމަށްޓަކައި 29 އޮގަސްޓު 2024 ވަނަ ދުވަހު ފުރީ ތަސްލީމް ހިމެނޭހެން ޖުމްލަ 5 މީހުންނާއެކު ކަމަށެވެ. މި ދަތުރަކީ ބައިވެރިންގެ ތެރެއިން މީހެއްގެ އުފަންދުވަސް ފާހަގަކުރުމަށާއި އެންގޭޖްމަންޓު ޕާޓީއެއް ބޭއްވުމަށްޓަކައި ރޭވުނު ދަތުރެއް ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ދަތުރުގައި ތަސްލީމު ބައިވެރިވެފައިވަނީ ދަތުރު ރޭވި މީހުންގެ ރައްޓެހި ރަހުމަތްތެރިކަމުގައި ޕާޓީއަށް ތައްޔާރުކުރާ ބެކްޑްރޮޕް އަދި ލައިޓިންގެ ކަރަންޓު މަސައްކަތް ކުރުމަށް ކަމަށް ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް މެން ދަތުރު ދިޔަ އިރު އެ ފަސްގަނޑުގައި އިތުރު އެހެން ގްރޫޕެއްވެސް ދަތުރުގޮސް ތިއްބެވެ. އަދި އޮގަސްޓު 29 ވަނަ ދުވަހުގެ 00:00 އާ ހަމަޔަށް ތަސްލީމު ދަތުރުގެ ބައިވެރިންނާއެކުގައި އުޅުނު ކަމަށް ދަތުރުގެ ބައިވެރިން ވަނީ ބަޔާން ދީފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. އެރޭ ޓެންޓު ކައިރީގައި ތަސްލީމު ނިދާފައި އޮތްވާ ފެނުނު ކަމަށް މަންޒަރު ދުށް ފަރާތްތަކުންނާއި ނަގާފައިވާ ފޮޓޯތަކުން ފެނިފައިވާއިރު, އަނެއް ދުވަހު ހެދުނުވެސް ތަސްލީމު, ދަތުރުގެ ބައިވެރިންނާއެކު ހަރަކާތްތެރިވާ މަންޒަރު ފޮތޯތަކުންނާއި ވީޑިޔޯތަކުން ވަނީ ފެނިފައެވެ.

އެންމެ ފަހުން ތަސްލީމު ފެނިފައިވަނީ 30 އޮގަސްޓު 2024 ވަނަ ދުވަހު ހެދުނު 7:45 އާއި 9:00 އާ ދެމެދުގެ ވަގުތެއްގައެވެ. އޭނާ މާލެ ދާން ބޭނުންވާ ވާހަކަ ބުނުމުން އެދުވަހު ހެދުނު 10:00 އާއި 11:00 އާ ދޭތެރޭ މާލެ ފުރި ލޯންޗަކުން އޭނާ މާލެ ފޮނުވާލުމަށް ބަލާލިއިރު ތަސްލީމު ފެނިފައި ނުވާކަމަށް ދަތުރުގެ ބައިވެރިން ބުނެފައިވެއެވެ. އެހެން ލޯންޗަކުން އޭނާ މާލެ ދިޔަތޯ ދަތުރުގެ ބައިވެރިން ބެލުމަށް އާއިލާއަށް ގުޅުމުން މާލެ ގޮސްފައިނުވާކަމަށް އާއިލާއިން ބުނެފައިވެއެވެ. އެއާއެކު އޭނާ ހޯދުމުގެ މަސައްކަތް ދަތުރުގެ ބައިވެރިންވެސް ފެށިއެވެ.

މި މައްސަލައިގައި މިހާތަަނަށް ތަސްލީމުއާ އެކީ ދަތުރުދިޔަ ގުރޫޕުގައި ހިމެނޭ މީހުންނާއި އެފަސްގަނޑަށް ދަތުރުގޮސް ތިބި އިތުރު ގުރޫޕުގެ 12 މީހުންނާ ވަނީ ސުވާލުކޮށްފައެވެ.

ފުލިުހުން އިތުރަށް ބުނެފައިވަނީ ތަސްލީމް ހޯދުމަށް މިހާރު އިންޓަޕޯލް ޔެލޯ ނޯޓިސް އަށް އެދިފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ