logoEN
cocacola
ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބިދޭސީން އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިޔަށް ގެންގޮސްފި

އަހުމަދު ޝުރާއު

logo

9/13/2024, 11:16:10 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ހުޅުމާލެ ޖޭއެމްސީ ސައިޓުގައި މަސައްކަތްކުރާ ބިދޭސީންނަށް މައުލޫމާތުދިނުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ގޮސިޔާ

ހުޅުމާލެ އަވައްޓެރި ފުލުހުން ރޭ ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ބިދޭސީން ހާއްސަގޮތެއްގައި ސަމާލުކަންދޭންޖެހޭ ކަންކަމުގެ ތަފާތުއެކި މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ރާއްޖޭގައި ހެދިފައިވާ ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އަދި އަމިއްލަ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާއި މަސައްކަތްކުރަން އުޅޭއިރު އިތުރަށް ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތުދީފައިވެއެވެ.

އޭގެ އިތުރުން، ކުށަށް ހުށަނޭޅޭނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އިރުޝާދުދީފައިވެއެވެ. އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަން ބުނެދީ، ޓްރެފިކް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ.

މި ހަރަކާތުގެ ތެރެއިން، އެ ސައިޓުގައި އެވަގުތުތިބި ގިނައަދަދެއްގެ ބިދޭސީންނަށް މައުލޫމާތުދީފައިވެއެވެ. މައުލޫމާތުދީފައިވަނީ، އެ ސައިޓުގައި އާންމުކޮށް އެ ބިދޭސީން ވާހަކަދައްކާ ބަސްކަމުގައިވާ ހިންދީ ބަހުންނެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސިލްސިލާ ޕްރޮގްރާމްތައް މާލެއާއި އަތޮޅުތެރޭގައި ފުލުހުންދަނީ ހިންގަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ