logoEN
Sto top
ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

ދިއްދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށް

އަހުމަދު ޝުރާއު

logo

9/12/2024, 1:22:09 PM

# ހއ. ދިއްދޫ

--

ހއ. ދިއްދޫގައި އިމާރާތް ކުރަމުން ގެންދާ އިސްލާމީ މަރުކަޒުގެ އިމާރާތުގެ ބިނާގެ މަސައްކަތްތައް ނިންމާލައިފިއެވެ.

Wamco

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި އެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހިއްސާކުރަމުން ވުޒާރާއިން ބުނީ މި މަޝްރޫޢުގައި މިހާރު ކުރިއަށްދަނީ ސިމެންތި ޖެހުމާއި ރޭނުމުގެ މަސައްކަތަކުގެ އިތުރުން ހިޔާކުރުމުގެ މަސައްކަތަށް ތައްޔާރުވުމާއި، ދޮރުގެ ފިންތަކުގެ މަސައްކަތް ކަމަށެވެ. މީގެ އިތުރުން މިސްކިތުގެ މުންނާރުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންކަން ވަނީ ހާމަކޮށްފައެވެ.

ދިއްދީ އިސްލާމީ މަރުކަޒަކީ 1500 މީހުންނަށް އެއްފަހަރާ ނަމާދުކުރެވޭ ޖާގައިގެ އިސްލާމީ މަރުކަޒެކެވެ. މި މަރުކަޒުގައި ނަމާދުކުރުމަށް ޚާއްސަ ޖާގައިގެ އިތުރުން، 450 މީހުންގެ މަލްޓިޕަރޕަސް ހޯލެއް ހުންނާނެއެވެ. އަދި މި މަރުކަޒުގައި އިދާރީ އޮފީހަކާއި، ލައިބްރަރީއަކާއި، 4 ކްލާސްރޫމާއި، 2 ސެމިނަރ ރޫމުގެ އިތުރުން ޕޭންޓްރީއެއް ހުންނާނެއެވެ.

މި މަޝްރޫޢުއަކީ ދައުލަތުގެ ބަޖެޓުން 50.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside