logoEN
cocacola
 ފަޤީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތުގެ ފައިސާ ބަހަންފާށައިފި, މިއަހަރު ބޮލަކަށް 4000 ރުފިޔާ!

ފަޤީރުންނާއި މިސްކީނުންނަށް މުދަލު ޒަކާތުގެ ފައިސާ ބަހަންފާށައިފި, މިއަހަރު ބޮލަކަށް 4000 ރުފިޔާ!

އަހުމަދު ޝުރާއު

logo

9/12/2024, 12:57:25 PM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ބަހަންފަށައިފި އެވެ.

ގޮސިޔާ

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނީ މިއަހަރަކީ މުދަލު ޒަކާތުގެ ފައިސާ ފަޤީރުންނާއި މިސްކީނުންނަށް ސީދާގޮތުން އެންމެ ގިނައިން ބޮލަކަށް ބަހާ އަހަރު ކަމަށެވެ. އެގޮތުން މިއަހަރު ބޮލަކަށް 4000 ރުފިޔާ ބަހާނެ ކަމަށް އެވުޒާރާއިން ބުނެއެވެ,

2021 ވަނަ އަހަރުންފެށިގެން މިއަދާއި ހަމައަށްއޮތް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރު ރިވިއުކުރުމަށްފަހު ޝަރުތުހަމަވާ ފަރާތްތަކަށް ފައިސާ ޖަމާކުރަމުންދަނީ އެފަރާތްތަކުގެ އެކައުންޓުތަކަށެވެ.

މިއަހަރު މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ބަހަމުންދަނީ މާލެ އާއި އަތޮޅުތަކުން ޖުމްލަ 3183 މީހުންނަށް ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެއެވެ.

2023 ވަނަ އަހަރު ބޮލަކަށް 3500 ރުފިޔާގެ މަގުން މުދަލު ޒަކާތް ބަހާފައިވާއިރު، 2022 ވަނަ އަހަރު މުދަލު ޒަކާތުގެ ފައިސާގެ ގޮތުގައި ބަހާފައިވަނީ ބޮލަކަށް 3000 ރުފިޔާއެވެ. އަދި 2021 ވަނަ އަހަރު މުދަލު ބަހާފައިވަނީ ބޮލަކަށް 2700 ރުފިޔާއެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން މިއަދު ވަނީ މިއަހަރު ޒަކާތު ފަންޑުން ބޭސްފަރުވާއަށް ފައިސާ ދޫކޮށްފައިވާ މިންވަރުވެސް ހާމަކޮށްފައެވެ. އެގޮތުން އެވުޒާރާއިން ބުނީ މިއަހަރުގެ މިހާރަބނަށް ޒަކާތު ފަންޑުން ބޭސްފަރުވާއަށް 16,781610.99 ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ