logoEN
cocacola
ގެސްޓް ހައުސްއަކުން ޒަހަމްތަކަކާއި އެކު ޒުވާނަކު ފެނުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

ގެސްޓް ހައުސްއަކުން ޒަހަމްތަކަކާއި އެކު ޒުވާނަކު ފެނުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

9/12/2024, 10:19:35 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މިދިޔަ ހޮނިހިރު ދުވަހު މާލޭގެ ގެޔަކުން ޒަހަމްތަކަކާއި އެކު ޒުވާނަކު ފެނުނު މައްސަލައާއި ގުޅިގެން ދެމީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ބުނީ ސެޕްޓެމްބަރު 9 ވަނަ ދުވަހު މާލޭގެ ގެސްޓް ހައުސްއެއްގައި ޒަހަމްތަކަކާއި އެކު އޮތްވާ ފެނުނު މީހާއާއި މެދު މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި އިއްޔެ ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެގޮތުން ހައްޔަރުކޮށްފައިވަނީ ކ ތުލުސްދޫ, ޕެރިސް, އުމުރުން 23 އަހަރުގެ ފައުޒާން ޒަރީރު އާއި މާލެ, މއ ވޮއްކުޅުގެ އުމުރުން 23 އަހަރުގެ އަހުމަދު މާޒިން އިބްރާހިމް ކަމަށެވެ. އެދެމީހުންގެވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެގެ ވަގުތެއްގައި އެވެ.

ފުލުހުން ބުނީ އެދެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެދެމީހުންވެސް ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ