
--
މ މުލަކު މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްދާކަމަށް އެމަސައްކަތުގެ ކޮންޓްރެކްޓަރު އާރްޑީސީއިން މިއަދު ހާމަކޮށްފި އެވެ.

އާރްޑީސީއިން މިއަދު ވަނީ އެމަޝްރޫއުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު މީޑިއާތަކާއި ހިއްސާކޮށްފައެވެ. އެގޮތުން އާރްޑީސީއިން ބުނީ އެމަޝްރޫއުގެ ދަށުން މިހާރު ކުރިޔަށްދަނީ އަލިކިލޭގެފާނު މަގުގައި ޕޭވިންގގެ މަސައްކަތް ކަމަށެވެ. އަދި މީގެ އިތުރުން ބެކް ފިލިންގ އަދި އެކްސްކެވޭޓް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުން ކަން އާރްޑީސީން ހާމަކުރެއެވެ.
ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މިމަޝްރޫއުގައި 6.077 ކިލޯ މީޓރުގެ 6 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީ ކުރެވިގެންދާނެއެވެ. އަދި ފެންހިންދާ ނިޒާމް ގާއިމް ކުރުމާއި ޕޭވްމަންޓް ހެދުމާއި މަގުތަކުގައި ނިޝާން ހަރުކުރުމާއި ސްޕީޑް ބްރޭކަރު ހެދުންވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން މަގު ބައްތި ހަރުކުރުމާއި މަގުބައްތިއަށް ބޭނުންވާ ކަރަންޓު ކޭބަލް އެޅުންވެސް މިމަޝްރޫއުގެ ދަށުން ކުރާނެއެވެ.
ގުޅުންހުރި

ކުޑަހުވަދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށް

މަނަދޫއާއި ކެނދިކުޅުދޫގެ މަގުތައް ހެދުމަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް އެރަށްތަކަށް!

ހިންނަވަރާއި ކުޑަހުވަދޫގެ މަގު ހެދުމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިޔަށްދަނީ!
