
ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިއްޖެ
# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ--
ހދ. ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިފައިވާކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހާމަކޮށްފިއެވެ.

އެމިނިސްޓްރީން ބުނީ މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްރަށުގެ ބަނދަރުތައް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ގިނަ މަޝްރޫޢުތަކުގެ ތެރެއިން މުހިއްމު އެއް މަޝްރޫޢު ކަމަށެވެ.
ޖުމްލަ 48،588،167.46 ރުފިޔާގެ އަގުހުރި މި މަޝްރޫޢުގެ ދަށުން، މިހާތަނަށް ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތުގެ %100 ވަނީ ނިމިފައެވެ. މިވަގުތު ކުރިއަށްދަނީ ހިނގާ ދުވާރު އެޅުމުގެ މަސައްކަތެވެ.
މި މަޝްރޫޢުގެ ދަށުން ބަނދަރު ފުޅާކުރުމާއި، ވަށައިގެންވާ ސަރަޙައްދު ތަރައްޤީކުރުމުގެ އިތުރުން، ޒަމާނީ ބަނދަރު ބައްތިތަކެއް ހަރުކުރެވޭނެއެވެ.
ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރެވުމުން ބޮޑެތި އުޅަނދުފަހަރަށް ފަސޭހައިން ވަދެނިކުމެވޭނެއެވެ. އަދި މަސްވެރިކަމާއި ވިޔަފާރިއަށް ވެސް ފަހި ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށް ރަށު ރައްޔިތުން އުއްމީދުކުރެއެވެ.
ގުޅުންހުރި

ރައީސް އިއުލާނުކުރެއްވި ގޮތަށް ގޯތި ލިބޭ އިތުރު 2 ކެޓަގަރީގެ އުސޫލު ރޯދައިގެ ކުރީން އާންމުކޮށް އަންނަ މަހު ކުރީކޮޅު ކުރިމަތިލާން ހުޅުވާލަނީ

ޢިމާރާތްކުރުމުގެ މަސައްކަތްތަކުގައި އިންޝުއަރަންސް ކަވަރޭޖް ހޯދުން މަޖުބޫރުކޮށްފި

ނޭކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 31 އިންސައްތަ ނިމިއްޖެ

.gif&w=3840&q=75)



