logoEN
Sto top
ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ގޮންޖެހުންތަކާ ގުޅޭގޮތުން އެމް.އެން.އޭ.ސީ.އައި އާއެކު މަޝްވަރާކޮށްފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ގޮންޖެހުންތަކާ ގުޅޭގޮތުން އެމް.އެން.އޭ.ސީ.އައި އާއެކު މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

5/6/2025, 8:22:53 AM

# އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާ

--

ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ޑރ. އަބްދުﷲ މުއްޠަލިބު، މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމް.އެން.އޭ.ސީ.އައި) ގެ އިސް މެންބަރުންނާއި ބައްދަލުކުރައްވައި، ކޮންސްޓްރަކްޝަން ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

Wamco

މި ބައްދަލުވުމުގައި އެމް.އެން.އޭ.ސީ.އައި ގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް، ނައިބު ރައީސް ޢަބްދުﷲ ޞާލިޙް އަދި އެސޯސިއޭޝަންގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ތާއާމް މުޙައްމަދު، ޑެޕިއުޓީ މިނިސްޓަރ މުޙައްމަދު ޢިމްރާން ޙަސަން، ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އަދި އެހެނިހެން އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައިވެއެވެ.

މިނިސްޓަރ ޑރ. މުއްޠަލިބު ވިދާޅުވީ، ކޮންސްޓްރަކްޝަން ދާއިރާގެ ތަރައްޤީއަށް ސަރުކާރުން އިސްކަމެއް ދެއްވާ ކަމަށާއި، މި ދާއިރާގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައްޔާރަށް ތިއްބެވި ކަމަށެވެ. އެމް.އެން.އޭ.ސީ.އައި ގެ ރައީސް މުޙައްމަދު ޢަލީ ޖަނާޙް ވިދާޅުވީ، މި ބައްދަލުވުމަކީ ކޮންސްޓްރަކްޝަން ދާއިރާގެ މައްސަލަތަކަށް ޙައްލު ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށާއި، ސަރުކާރާއި އަމިއްލަ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިކުރުމަށް މި ފަދަ ބައްދަލުވުންތަކުން މަގުފަހިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކޮންސްޓްރަކްޝަން ދާއިރާގެ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުމާއި، ދާއިރާގެ ފަންނީ މީހުން އުފެއްދުމާއި، އަދި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކުގައި ދިވެހި ކުންފުނިތަކުގެ ދައުރު އިތުރުކުރުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside