logoEN
cocacola
ވެމްކޯގެ ރިސޯޓް ކަލެކްޝަން ޚިދުމަތް ނ. އަތޮޅަށް!

ވެމްކޯގެ ރިސޯޓް ކަލެކްޝަން ޚިދުމަތް ނ. އަތޮޅަށް!

އަހުމަދު ޝުރާއު

logo

9/10/2024, 4:08:12 PM

# ވެމްކޯ

--

ވޭސްޓް މެނޭޖްމެންޓު ކޯޕަރޭޝަން, ވެމްކޯގެ ހިދުމަތްތައް ފުޅާކުރުމަށްޓަކައި ދާދި ފަހުން ފެށި ރިސޯޓު ކަލެކްޝަން ހިދުމަތް ނ އަތޮޅަށް ފުޅާކޮށްފި އެވެ.

ގޮސިޔާ

ވެމްކޯއިން މި ހިދުމަތް ފުޅާކުރުމުގެ ގޮތުން މިއަދު ވަނީ މި ހިދުމަތް ނޫނު އަތޮޅުގެ ރިސޯޓެއް ކަމަށްވާ ނޮކު މޯލްޑިވްސް އަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި ވެމްކޯގެ ފަރާތުން ސޮއި ކުރައްވާފައިވަނީ، މިކަމާ ގުޅިގެން ބޭއްވުނު ޚާއްސަ ޙަފުލާއެއްގައި މި ކޯޕަރޭޝަންގެ ޑީ.އެމް.ޑީ ޝަހީދު އިބްރާހީމް އެވެ.

މިއީ ނ އަތޮޅުގައި ވެމްކޯގެ މި ހިދުމަތް ދޭ ފުރަތަމަ ރިސޯޓެވެ. އަދި މި ހަފްތާގެ ތެރޭގައި އިތުރު ރިސޯޓުތަކަކާއި އެކު ވެސް ސޮއިކުރުމަށް ވެމްކޯއިން ވަނީ ތައްޔާރުވެފައި އެވެ. ވެމްކޯގެ މި ހިދުމަތް މިހާރު ދެމުން އަންނަނީ ރ އަތޮޅުގެ ބައެއް ރިސޯޓުތަކަށެވެ.

ރިސޯޓު ކަލެކްޝަން ސާވިސް ވެމްކޯއިން އިފްތިތާހްކުރީ ޖުލައި މަހުގެ ތެރޭގައި އެވެ. ވެމްކޯއިން ބުނީ އެކުންުފުނިން ރިސޯޓް ވޭސްޓް ކަލެކްޝަންގެ ޙިދުމަތް އިފްތިތާހުކުރީ ރިސޯޓްތަކުން، ވެމްކޯގެ ސަރަޙައްދީ ޓްރާންސްފާރ ސްޓޭޝަންތަކަށް ކުނި ގެންދިޔުމުގައި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭތީ، މި މައްސަލަ ހައްލުކުރުމުގެ ގޮތުން ކަމަށާއި އެހެންކަމުން، މި ޚިދުމަތަށް ރަޖިސްޓްރީކުރާ ހުރިހާ ރިސޯޓްތަކަށްވެސް ވެމްކޯގެ އުޅަނދުތަކުގައި ކުނި ނަގައިދިނުމުގެ ޚިދުމަތްދޭނެކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ