
ފޮޓޯ: ސަން
ބިދޭސީ މަސައްކަތްތެރިން ގެނައުމަށް ވޯކް ސައިޓް ރެޖިސްޓްރީކުރުމަށް އެދި ހުށަހަޅާ ވޯކް ސައިޓް ޑިކްލެރޭޝަން ފޯމަށް ބަދަލު ގެނެސްފިއެވެ.

ދާޚިލީ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވަނީ މި ފޯމު ހުށަހަޅަންޖެހޭ ހާލަތްތަކާއި، ފޯމު ފުރާނެ ގޮތާއި، ފޯމު ފުރާއިރު ފާހަގަކުރެވޭ އާންމު މައްސަލަތާކާ ބެހޭ ގޮތުން ބޭނުންވާ ހުރިހާ މައުލޫމާތު ކޮންމެ ފޯމެއްގެ ފަހަތުގައިވާ “ހެލްޕް ޕޭޖް” އިން ލިބޭނެ ކަމަށް ވިދާޅުވެފައެވެ.
އަދި މި ފޯމުތައް ހުށަހަޅަންޖެހޭނީ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވާއިދުގެ މާއްދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށް، ނުވަތަ ސިވިލް ކޯޓު ނުވަތަ މެޖިސްޓްރޭޓް ކޯޓުގައި ރަޖިސްޓްރީކުރުމަށްފަހުއެވެ. އަދި ފޯމުތައް ޕަބްލިކް ނޯޓަރީއަކުން ނޯޓަރައިޒްކޮށްފިނަމަ، ނޯޓަރައިޒްކުރިކަމުގެ ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
މި ބަދަލުތަކަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމާ ގުޅިގެން މިނިސްޓްރީން ދޭ އެކިއެކި ޚިދުމަތްތަކާ ގުޅިގެން ހުށަހަޅާ ފޯމުތައް ވަޒީފާ ދޭ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ވަކިކޮށް، އެ ފަރާތްތަކުން ހުށަހަޅާ ފޯމުތަކާއި އެ ފޯމުތަކުގައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމުގެ ގޮތުން ގެނައި ބަދަލުތަކެކެވެ.
މި ފޯމުތައް ހުށަހަޅާ ގޮތަށް ހަމަޖައްސާފައިވީ ނަމަވެސް، މިނިސްޓްރީން ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކުގެ އަސްލު ބަލަން ބޭނުންވެގެން އެދިއްޖެ ހިނދެއްގައި މިނިސްޓްރީއަށް އެ އެއްބަސްވުންތަކުގެ އަސްލު ހުށަހަޅަންޖެހޭނެއެވެ.
މި ބަދަލުތައް ވަގުތުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީގެ ވެބްސައިޓުން ނުވަތަ ސީދާ މިނިސްޓްރީއާ ގުޅައިގެން މައުލޫމާތު ލިބިގެންދާނެއެވެ.
ގުޅުންހުރި

ޕިލަރ 7.2 ކޯ-ކްރިއޭޝަން ޑޭގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވަން ނިންމައިފި

މޯލްޑިވްސް 2.0 ރޯޑްމެޕްގެ ދަށުން ސިޓިޒަން ސެންޓްރިކް ޚިދުމަތްތައް ހަރުދަނާކުރުމަށް ވޯކްޝޮޕެއް ބާއްވައިފި

މަންސަތަކުން ކުދިންނަށް ދިމާވާ ކަންކަމުން ރައްކާތެރި ކުރުމަކީ ބައިނަލްއަޤްވާމީ ގޮންޖެހުމެއް - ކިނާނަތު

.gif&w=3840&q=75)



