
ހުޅަނގު އައްސޭރިއާއި އުރުދުން ގުޅޭ ބޯޑަރުގައި އުރުދުންގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި ޔަހޫދީންގެ 3 މީހަކު މަރާލައިފި
# ހުޅަނގު އައްސޭރިފަލަސްތީނުގެ ހިފާފަައިވާ ހުޅަނގު އައްސޭރިއާއި އުރުދުންއާއި ގުޅޭ ބޯޑަރު ސަރަހައްދުގައި ބަޑީގެ ހަމަލާތަކެއްދީ ޔަހޫދީންގެ 3 މީހަކު މަރާލައިފި އެވެ.

ޔަހޫދީ އިޒްރޭލުގެ މިޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބަޑީގެ ހަމަލާތަކެއް ދީފައިވަނީ ހިފާފައިވާ ހުޅަނގު އައްސޭރިއާއި އުރުދުން ގުޅޭ ކިންގ ހުސެއިން ބްރިޖުގެ ނަމުން ނަންދީފައިވާ ކްރޮސިންގައި އެވެ. އެގޮތުން ހަމަލާދީފައިވަނީ އުރުދުންއަށް ނިސްބަތްވާ ޓްރަކެއްގައި އައި އެ ޓްރަކް ދުއްވަން އިން މީހާ އެވެ. މި ހަމަލާގައި ހަމަލާދިން މީހާ ވަނީ ޔަހޫދީ އިޒްރޭލުގެ ބޯޑަރު ބަލަހައްޓާ ތިން މީހަކު މަރާލާފައި އެވެ. އިޒްރޭލުގެ ސަލާމަތީ ބާރުތަކުން ވަނީ ހަމަލާދިން މީހާވެސް މަރާލާފައި އެވެ.
ހަމަލާދިން މީހާއަކީ އުރުދުންގެ މީހެއް ކަމަށް އިޒްރޭލުގެ ބައެއް ރިޕޯޓުތައް ދަނީ ބުނަމުންނެވެ.
މި ހަމަލާއާއި އެކު އުރުދުންނާއި އިޒްރޭލުން ވަނީ ބޯޑަރު ވަގުތީ ގޮތުން ބަންދުކޮށްފައެވެ.
އިތުރު ތަފްސީލް އަންނަނީ ..
ގުޅުންހުރި

ޔަހޫދީ ސިފައިންނާއި ދިމާލަށް ގާ އުކި ފަލަސްތީނުގެ އަންހެނެއްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި
