logoEN
cocacola
ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 41,000 އަށް އަރަނީ!

ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 41,000 އަށް އަރަނީ!

އަހުމަދު ޝުރާއު

logo

9/8/2024, 1:02:39 PM

# ޣައްޒާ

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު 41,000 އާއި ގާތްކޮށްފި އެވެ.

ގޮސިޔާ

ޣައްޒާ ސަރުކާރުން މިއަދު ހާމަކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް ޣައްޒާއިން 40,972 މީހުން ވަނީ ޝަހީދުވެފައި އެވެ. އަދި ޒަހަމްވި މީހުންގެ އަދަދު ވަނީ 94,761 އަށް އަރާފައި އެވެ.

މި ތަފާސްހިސާބުތަކުގެ ތެރެއިން 16,000 އަށްވުރެ ގިނަ މީހުންނަކީ ކުޑަކުދިން ކަމަށް ޣައްޒާ ސަރުކާރުން ބުނެއެވެ. އަދި ޝަހީދުވި އަންހެނުންގެ އަދަދުވެސް 10,000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ވަނީ ބުނެފައި އެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީން ޣައްޒާގެ އެކި ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި 30 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާ ކަމަށްވެސް ޣައްޒާ ސަރުކާރުން ވަނީ ބުނެފައި އެވެެ.

ޔަހޫދީންގެ އަނިޔާވެރި ހަމަލާތަކާއި އެކު ހަމަލާތައް ހުއްޓާލުމަށް ދުނިޔޭގެ އެކި ގައުމުތަކުން އިޒްރޭލަށް ގޮވާލަމުން އަންނަ އިރު ޔަހޫދީން އެކަމަށް ދެމުން އަންނަނީ ބީރު ކަންފަތެކެވެ. އަދި ދުވަހަކަށް ވުރެ ދުވަހެއް ހަަމަލާތައް ވަރުގަދަ ކުރަމުން އަންނައިރު މި ހަމަލާތަކަށް ހަތިޔާރި ފޯރުކޮށްދެމުން އަންނަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ