
--
ކުރިޔަށް އޮތް ރަމަޟާން މަހު މަރުކަޒީ ބޭންކު, އެމްއެމްއޭއިން ހިދުމަތްދޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

އެމްއެމްއޭއިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ މިއަހަރުގެ ރަމަޟާން މަހުގެ 02 އިން 20 އަށް އަދި ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތަކުގެ ތެރެއިން މި އޮތޯރިޓީ ހުޅުވުމަށް ހަމަޖެހިފައިވާ 02 (ދޭއް) ދުވަސް ކަމުގައިވާ 27 އަދި 29 މާރިޗު 2025 އާއި ޝައްވާލް މަހުގެ ފުރަތަމަ 7 ދުވަހު އެއޮތޯރިޓީ ހުޅުވާފައި ހުންނާނީ ހެނދުނު 09:00 އިން މެންދުރުފަހު 01:00 އަށް ކަމަށެވެ.
އަދ،ި ބޭންކިންގެ ޚިދުމަތްތަކުގެ ތެރެއިން ފައިސާ ބަލައިގަނެ ދޫކުރުމުގެ ޚިދުމަތާއި ސިޓީ އާއި ތަކެތި ބަލައިގަތުމުގެ ހިދުމަތްތައް ދޭނީ ހެނދުނު 09:30 އިން މެންދުރު 12:00 އަށް ކަމަށް ވަނީ ހާމަކޮށްފައި އެވެ.
މިއަހަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި ކަލެންޑަރުގައި ބުނެފައިވަނީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަސްކަމުގައި އެވެ.
ގުޅުންހުރި

ރޯދަ މަހާ ދިމާކޮށް ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު އެމް.އެމް.އޭ އިން އިތުރުކޮށްފި

އިޤްތިސާދީ ހަރާކާތް އިތުރުވުމާއެކު 20 ރުފިޔާ އާއި 100 ރުފިޔާގެ އާ ނޫޓުތައް ދައުރުކުރަން ފަށައިފި

.gif&w=3840&q=75)



