
ތިނަދޫގައި ކުރިޔަށް ގެންދިޔަ ފަސްޓް އެއިޑް ބޭސިކް ޓްރެއިނިންގ 57 ބައިވެރިއަކު ފުރިހަމަކޮށްފި
# ގދ. ތިނަދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ--
ތިނަދޫ ސިޓީގައި ކުރިޔަށް ގެންދިޔަ ފަސްޓް އެއިޑް ބޭސިކް ޓްރެއިނިންގ ޕްރޮގްރާމް ކާމިޔާބު ކަމާއި އެކު ނިންމާލައިފި އެވެ.

މި ޕްރޮގްރާމަކީ ތިނަދޫ ސިޓީ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އިންތިޒާމްކޮށްގެން އެމްއެންޔޫ ތިނަދޫ ކެމްޕަސްއާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަމްރީން ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ 4 ވަނަ ދުވަހުން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޖުމުލަ 14 ގަޑިއިރުގެ މި ތަމްރީން ޕްރޮގްރާމްގައި އެކި އުމުރުގެ 57 ބައިވެރިން ބައިވެރިވެފައިވާއިރު ހުރިހާ ބައިވެރިން ވަނީ ކޯސް ފުރިހަމަ ކޮށްފައި އެވެ.
މި ޕްރޮގްރާމުގައި ކިޔަވާ ދެއްވާފައިވަނީ ތިނަދޫއަށް އުފަން ކޮންސްލްޓަންޓް އިން އޮތޯޕެޓީކް ސާރޖަން ޑރ އަހުމަދު އާޒިމް އާއި ސްކޫލު އޮފް ނަރސިން ގެ ސީނިއަރ ލެކްޗަރަރ ޖީޒާ ހަސަން އެވެ.
ތިނަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ބުނީ މި ޕްރޮގްރާމުގެ މަގުސަދަކީ ރައްޔިތުންނަށް ދިމާވާ ކުއްލި ހާލަތްތަކުގައި އެހީތެރިކަން ދިނުމަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ފަސްޓް އެއިޑްގެ މައުލުމާތު ދިނުން ކަމަށެވެ. އެގޮތުން މި ތަމްރީނުގައި ސީޕީއާރް, އޭއެންޑްޕީ އަދި ފަސްޓް އެއިޑްގެ މުހިންމު ކޮމްޕޮނެންޓުތަކެއް ކިޔަވާދެވުނު ކަމަށް ވަނީ ބުނެފައި އެވެ.
ގުޅުންހުރި

ތިނަދޫގެ ގިނަ މުވައްސަސާތަކާއި ކުންފުނިތަކާއި ގުޅިގެން ތިނަދޫ ސިޓީ ޑަބްލިއުޑީސީގެ ގެ އާއިލީ ފެސްޓިވަލް ބާއްވައިފި

ތިނަދޫގައި ކުރިޔަށް ގެންދިޔަ ފަސްޓް އެއިޑް ބޭސިކް ޓްރެއިނިންގ 57 ބައިވެރިއަކު ފުރިހަމަކޮށްފި

ތިނަދޫ ޑަބްލިއުޑީސީއިން ސިފައިންނާއި ގުޅިގެން އެރަށުގައި މޫދު ކަސްރަތު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
