
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
# ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ--
ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ)ގެ އިސް ބޭފުޅުން މޯލްޑިވިސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ (އެމްއެންއެސްޑީއޭ)އަށް ޒިޔާރަތް ކުރައްވައި، އެ އިންސްޓިޓިއުޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުމުގައި، އެންސީޕީއެލްއީ އިންސްޓިޓިއުޓް ރަޖިސްޓަރ ކުރުމާއި، އެ އިންސްޓިޓިއުޓް އިން ޤައުމީ ފެންވަރުގެ އެޕްރެންޓެސްޝިޕް އަދި ތަމްރީނު ޕްރޮގްރާމްތަށް ރަޖިސްޓަރ ކުރުމުގެ އުޞޫލުތަކާއި ގުޅޭގޮތުން އެމްއެންއެސްޑީއޭގެ ފަރާތުން މަޢުލުމާތު ޙިއްސާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ދެ އިދާރާ އިން ގުޅިގެން ދިވެހިރާއްޖޭގެ މަސައްކަތުގެ މާހަޢުލުގައި ހުނަރުވެރިކަން އިތުރުކުރުމަށް ކުރިވިދާނެ މަސައްކަތްތަކާއި ގުޅިގެން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
2022 ވަނަ އަހަރުން ފެށިގެން، މޯލްޑިވިސް ފޮލިސް ސަރވިސްގެ ދަށުން ހިންގާ އެންސީޕީއެލްއީ އަކީ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭ ދާއިރާއަށް ނުކުންނަ މުވައްޒަފުންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީނު ފޯރުކޮއްދިނުމަށް ޤާއިމްކޮއްފައިވާ އިންސްޓިޓިއުޓެކެވެ.
ގުޅުންހުރި

މަތީ ތަޢުލީމު ކުރިއެރުވުމަށް އައްޑޫ ސިޓީ ކައުންސިލާއިއެކު މަޝްވަރާކޮށްފި

މަތީ ތަޢުލީމުގެ ފުރުޞަތުތައް ފަހިކޮއްދިނުމަށް ހަޔާ އެޑިއުކޭޝަންގެ ޓީމެއް މެލޭޝިއާގައި!

ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަޖިސްޓްރީކުރުމާއި ގުޅޭގޮތުން މަޝްވަރާކޮށްފި
