logoEN
cocacola
ފިރިހެނަކު ގެސްޓް ހައުސްއަކަށް ގެންގޮސް ރަހީނުކޮށްގެން 53,000 ރުފިޔާ ފޭރިގަނެފި

ފިރިހެނަކު ގެސްޓް ހައުސްއަކަށް ގެންގޮސް ރަހީނުކޮށްގެން 53,000 ރުފިޔާ ފޭރިގަނެފި

އަހުމަދު ޝުރާއު

logo

9/7/2024, 7:25:07 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

މާލޭގައި ފިރިހެނަކު ގެސްޓް ހައުސްއަކަށް ގެންގޮސް ރަހީނުކޮށްގެން 53,000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން ރޭ ބުނީ 2024 އޮގަސްޓު 26 ވަނަ ދުވަހުގެ 21:30 ހާއިރު އައިޖީއެމްއެޗް ކައިރިން ފިރިހެނެއް ހުއްޓުވައި އޭނާ އަށް ރޫމަކަށް ދިޔުމަށް ދިނުމަށްފަހު މާފަންނު މުރަނގަ މަގުގައި ހުރި ގެސްޓް ހައުސްއަކަށް ގެންގޮސް އިތުރު ފިރިހެެނަކާއި ބައިވެރިވެގެން ދިވެހި ފިރިހެނެެއްް ރަހީނުކޮށް އޭނާގެ ފޯނާއި ކޭޝް ކާޑު އަތުލައި ފޭރި ގަނެފައިވާ ކަމުގެ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން އޭނާގެ އެކައުންޓުން 53,000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ.

ފުލުހުން ވަނީ މި މައްސަލާގައި ތުހުމަތުގައި 27 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވާކަން ހާމަކޮށް އޭނާގެ ފޮޓޯއާއި ވަނަވަރު އާންމުކޮށްފައެވެ. އެގޮތުން ހައްޔަރުކޮށްފައިވަނީ އައިޝަތު މަލްޖާ މޫސާ ދީދީ އެވެ.

މި މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމަރުކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ