logoEN
cocacola
ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް މާލޭގައި އޮތް ހަރަކާތަށް ބޮޑު ތަރުހީބެއް, މިއަދުވެސް އޮންނާނެ!

ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް މާލޭގައި އޮތް ހަރަކާތަށް ބޮޑު ތަރުހީބެއް, މިއަދުވެސް އޮންނާނެ!

އަހުމަދު ޝުރާއު

logo

9/7/2024, 7:13:14 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ހާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.

ގޮސިޔާ

ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި އެއްގަމާއި ކަނޑުގައި ފުލުހުން ބޭނުންކުރާ އުޅަނދުތަކާއި، ފުލުހުން ބޭނުންކުރާ ތަފާތު ޔުނީފޯމްތަކާއި އެކި އޮޕަރޭޝަންތަކުގައި ބޭނުންކުރާ ތަފާތު އާލާތްތައް ވަނީ އާންމުންނަށް ދައްކާލާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި ހިމެނޭ ފްރަންޓްލައިން އޮފިސަރުންނާއި، ސްޕެޝަލް އޮޕަރޭޝަންސް، ކޭނައިން ސްކޮޑް، މެރިން ޕޮލިސް އަދި ސްވަޓް ފުލުހުންވެސް ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ.

ގިނަ އަދަދެއްގެ ކުޑަކުދިން މި ހަރަކާތުގައި ބައިވެރިވެފައިވާއިރު، އެ ކުދިންނަށް އުޅަނދުތަކުގައި ފޮޓޯ ނެގުމާއި ތަޖުރިބާ ކުރުމުގެ ފުރުސަތުވެސް ވަނީ ދީފައެވެ.

މި ހަރަކާތް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަށެވެ. މާދަމާ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލެ ފުރަތަމަ ފިޔަވަހި، މެރީބްރައުން ސަރަހައްދުގައިވެސް މި ހަރަކާތް ކުރިއަށްދާނެއެވެ.

ކުރީގެ އެންސެސްއެސް ގެ ދަށުން ގެންދިޔަ ފުލުހުންގެ ޚިދުމަތް ވަކި މުއައްސަސާއެއްގެ ގޮތުގައި 2024 ސެޕްޓެމްބަރު 1 ގައި މަދަނީ ހިދުމަތެއްގެ ގޮތުގައި ދޭން ފެށި ހިދުމަތަށް މިއަހަރު ވަނީ 20 އަހަރު ފުރިފައެވެ. ދިވެހި ފުލުހުންގެ ހިދުމަތުގެ ދުވަސް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ދަނީ ހިންގަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ