logoEN
cocacola
އެފްއާރުސި ބަލިކޮށް އެމްއެންޔޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

އެފްއާރުސި ބަލިކޮށް އެމްއެންޔޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި

ހަސަން ޝަމްއޫން

logo

9/6/2024, 3:17:23 PM

# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # އަންހެން ދެވަނަ ޑިވިޝަން

އެފްއާރުސީ އާއި އެމްއެންޔޫ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ފަހި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ވާދަކުރި މެޗު ފަސޭހަކަމާއެކު 09-26 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްއެންޔޫ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އެފްއާރުސީ ކުޅުނު ފުރަތަމަ މެޗުގައި 10-08 ގެ ނަތީޖާއަކުން ޔޫތު ރެކްރިއޭޝަން ކުލަބު (ވައިއާރުސީ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ސްޓެލްކޯ އަތުން އެޓީމު ބަލިވީ 24-04 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި އެމްއެންޔޫގެ ފުރަތަމަ މެޗުގައި 20-09 ގެ ނަތީޖާއަކުން ސްޓެލްކޯ އަތުން ބަލިވިއިރު، ދެވަނަ މެޗުގައި ކުލިވަރު ވުޒާރާ ޓީމް (ކޭވީސީ) އަތުން އެޓީމު ބަލިވީ 10-17 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އެމްއެންޔޫ އިން މެޗު ޑޮމިނޭޓްކުރިއިރު, ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 12-03 ގެ ނަތީޖާއަކުން އެމްއެންޔޫ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 14 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެފްއާރުސީއަށް ކާމިޔާބުކުރެވުނީ ހަ ލަނޑެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން އެމްއެންޔޫއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ތިންވައިގައެވެ. އަދި މިމެޗުން ބަލިވި އެފްއާރުސީ ކުޅުނު ތިން މެޗުން އެޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ހަތަރުވަނައިގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ