%20(1).webp&w=3840&q=75)
ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން - އިހްސާން
# އަލީ އިހްސާން--
ޤައުމުގައި މޫލާފަ ހުރި ދާޚިލީ ސަލާމަތާއި ގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުން ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ކަޅުބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުން ދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
މިނިސްޓަރ ވަނީ ރައީސް ޑރ. މުޢިއްޒުގެ ޙާއްސަ އިރުޝާދުގެ ދަށުން ހިންގާ ޖޮއިންޓް ޓާސްކްފޯރސް އިން މިއަދު ހިންގަން ފެށި އޮޕަރޭޝަނުގައި ބައިވެރިވާ އެއްމެހާ މުއައްސަސާތަކުގެ ހީވާގި ވެރިން އަދި ހިއްވަރުގަދަ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި 17 ނޮވެމްބަރުގައި ހުވާކުރެއްވުމަށް ފަހު ޤައުމުގައި މޫލާފަހުރި ދާހިލީ ސަލާމަތާއިގުޅޭ ބޮޑެތި މައްސަލަތައް ހައްލުކުރުމަށް ރައީސް ގެންގުޅުއްވާ ޖޮއިންޓް އޮޕަރޭޝަނަލް ކޮންސެޕްޓްގެ ނަތީޖާ ދަނީ ފެންނަމުންކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
އިމިގްރޭޝަނުން ވިދާޅުވެފަައިވަނީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލަތައް ބެލުމަށް އެކުލަވާލާފައިވާ ޓާސްކު ފޯސްއަށް ލިބުނު މަޢުލޫމާތަކާއެކު އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުން ޚާއްސަ ރެއިޑެއް މާލޭގައި ކުރިއަށްގެންގޮސްފައިވާ ކަމަށެވެ. އެގޮތުން މިރެއިޑުގައި ގަވާއިދާ ޚިލާފަށް ފުޅާދާއިރާއެއްގައި ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރިކުރަމުންދިޔަ 5 މީހަކު އަތުލައިގަނެވިފައިވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ އަތުން ގިނަ ޢަދަދެއްގެ ފައިސާއާއި ޑެބިޓް އަދި ކްރެޑިޓް ކާޑުތަކެއް ފެނިފައިވާކަން އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. އިމިގްރޭޝަނުންވަނީ މިރެއިޑުގައި ހިފަހައްޓާފައިވާ ޑޮލަރާއި ދިވެހި ފައިސާއާއި ގިނަ ޢަދަދެއްގެ ޕާސްޕޯޓުގެ ފޮޓޯ އާއްމުކުރައްވާފައެވެ.
ގުޅުންހުރި

ގްރީންގެ ހުރީ ބޭނުންނުކުރެވޭ ހާލަތެއްގައި، އެކަމަށް ހައްލުގެންނާނަން: އިހްސާން

މިހާތަނަށް 77ހާސް ބިދޭސީންގެ މަޢުލޫމާތު އެއްކޮށްފި - އިހްސާން

މިއީ ހަވާސާވެފައި ތިބި ޒުވާނުންނަށް އޯގާތެރިކަމާއެކީ އަޅާލާ ސަރުކާރެއް: އިހްސާން
