logoEN
cocacola
ހުވަދޫ ރެކްރިއޭޝަނުން ތިނަދޫ ސިޓީގައި ތަރައްޤީކުރި ސާފް ހަޓު ރަސްމީކޮށް ހުޅުވައިފި

ހުވަދޫ ރެކްރިއޭޝަނުން ތިނަދޫ ސިޓީގައި ތަރައްޤީކުރި ސާފް ހަޓު ރަސްމީކޮށް ހުޅުވައިފި

އަހުމަދު ޝުރާއު

logo

9/6/2024, 2:11:38 PM

# ތިނަދޫ ސިޓީ

--

ތިނަދޫ ސިޓީގައި ތަރައްޤީކުރި ސާފް ހަޓް ރަސްމީ ހުޅުވައިފި އެވެ.

ގޮސިޔާ

ތިނަދޫގެ ދެކުނު ފަރާތު ސާފް ޕޮއިންޓް ސަރަހައްދުގައި ސާފް ހަޓެއް ތަރައްޤީކުރީ ތިނަދޫގެ ޖަމިއްޔާއެއް ކަމަށްވާ ހުވަދޫ ރެކްރިއޭޝަނުންނެވެ.

މިއަދު ސާފް ހަޓު ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ހަޓް ރަސްމީކޮށް ހުޅުއްވައި ދެއްވީ ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީއާއި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝަމްއާން އެވެ. މިއަދުގެ ރަސްމިއްޔާތުގައި ސިޓީ ކައުންސިލްގެ މެމްބަރުންނާއި ހުވަދޫ ރެކްރިއޭޝަންގެ އިސްވެރިންގެ އިތުރުން ތިނަދޫގައި ރާޅާ އެޅުމުގައި ހަރަކާތްތެރިވާ ބައެއް ޒުވާނުން ވަނީ ބައިވެރިވެފައި އެވެ.

undefined

މި ސާފް ހަޓަކީ މިދިޔަ އަހަރު ޔޫތު މިނިސްޓްރީން މަދަނީ ޖަމިއްޔާތަކުގެ ހަރަކާތްތަކަށް ދިން ގްރާންޓުގެ ދަށުން ހުވަދޫ ރެކްރިއޭޝަނަށް އެވޯޑްކުރި ގްރާންޓުން ތަރައްޤީ ކުރި ސާފް ހަޓެކެވެ. ހުވަދޫ ރެކްރިއޭޝަނަށް ގްރާންޓް ދީފައިވަނީ ގދ ތިނަދޫގައި ގައި ސަރފިން ޕޮއިންޓު ހަޓެއް ހެދުމަށާއި ޓްރެއިނިން ޕްރޮގްރާމް ހިންގުމަށެވެ.

ޔޫތު މިނިސްޓްރީއިން ވަނީ މި މަސައްކަތަށް ހުވަދޫ ރެކްރިއޭޝަނަށް 245،000 (ދެ ލައްކަ ސާޅީސް ފަސް ހާސް) ރުފިޔާގެ ގްރާންޓެއް ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ