logoEN
cocacola

ފިނޭންސް އާއި އެމްޕީއެލް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިއަދު މެންދުރުފަހު އެމްޕީއެލް އާއި ފިނޭންސް ވާދަކުރި މެޗު ފަސޭހަކަމާއެކު 16-29 ގެ ނަތީޖާއަކުން އެމްޕީއެލް ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އެމްޕީއެލް ކުޅުނު ފުރަތަމަ މެޗުގައި 26-20 ނަތީޖާއަކުން ވެމްކޯ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްޑަބުލިޔުއެސްސީ އަތުން މޮޅުވީ 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި 32-23 ގެ ނަތީޖާއަކުން އިމިގްރޭޝަން އަތުން ބިލިވިއިރު ހަތަރު ވަނަ މެޗުގައި އެޓީމުން ވަނީ 30-23 ގެ ނަތީޖާއަކުން ކަސްޓަމްސް ރެކްރިއޭޝަން ކުލަބު (އެސްއާރުސީ) ބަލިކޮށްފައެވެ.

މުބާރާތުގައި ފިނޭންސް ކުޅުނު ފުރަތަމަ މެޗުގައި 39-07 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްޑަބުލިޔުއެސްސީ އަތުން އެޓީމު މޮޅުވުއިރު، ދެވަނަ މެޗުގައި ސީއާރުސީ އަތުން އެޓީމު ބަލިވީ 19-29 ގެ ނަތީޖާއަކުންނެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ވެމްކޯ އަތުން 23-36 ގެ ނަތީޖާއަކުން ބަލިވިއިރު، ހަތަރުވަނަ މެޗުގައި އިމިގްރޭޝަން އަތުން ބަލިވީ 19-43 ގެ ނަތީޖާއަކުންނެވެ.

މުޅިމެޗުގައި ވެސް އެމްޕީއެލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުފެ ކުޅުން ނިމިގެންދިޔައީ 10 ޕޮއިންޓްގެ ލީޑަކާއެކު 16-06 ގެ ތަފާތުބޮޑު ނަތީޖާއަކުން އެމްޕީއެލް ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު 13 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިނޭންސްއަށް ކާމިޔާބުކުރެވުނީ 10 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ އައިޝަތު ސަލީމާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ނުވަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ފަސް މެޗުން އެމްޕީއެލްއަށް 12 ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި، ފިނޭންސަށް ފަސް މެޗުން ލިބިފައި ވަނީ ތިން ޕޮއިންޓެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ