logoEN
cocacola
ރަށްރަށުގެ ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ކުރިއަށް ގެންދާ ތަރުބަވީ ކަންކަމަށް އިސްލާމިކް މިނިސްޓްރީން މާލީ އެހީތެރިކަންދެނީ

ރަށްރަށުގެ ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ކުރިއަށް ގެންދާ ތަރުބަވީ ކަންކަމަށް އިސްލާމިކް މިނިސްޓްރީން މާލީ އެހީތެރިކަންދެނީ

އަހުމަދު ޝުރާއު

logo

9/5/2024, 9:10:29 AM

# އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

--

ރަށްރަށުގެ ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ގުޅިގެން ކުރިއަށް ގެންދާ ތަރުބަވީ ކަންކަމަށް އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން މާލީ އެހީތެރިކަންދޭނެ ކަމަށް ވަޒީރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ޝަހީމް މިކަން ހާމަކުރެއްވީ ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ޝަހީމް ވިދާޅުވީ ކައުންސިލްތަކާއި ގުޅިގެން ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ކުޑަކުދިންނަށް ނަމާދުކުރަން ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ވޯކްޝޮޕްތަކާ ތަރުބަވީ މިފަދަ ކަންކަމަށް އިސްލާމީ ވުޒާރާގެ ޤާބިލްކަން ހުރި މިންވަރުން މާލީ އެހީތެރިކަން ދޭނެ ކަމަށެވެ.

އަދި މިއީ ނަމާދަށް އަހުލުވެރި އަޚުލާޤު ރަނގަޅު ޖީލެއް ތަރުބިޔަތު ކުރުމަށްޓަކައި ރައީސުލްޖުމުހޫރިއްޔާ ޑރ މުއިއްޒުގެ ގެންގުޅުއްވާ ޤައުމީ ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށްޓަކައި އެވުޒާރާއިން ކުރުމަށް ހަމަޖެހިފައިވާ ކަމެއް ކަމަށް ޝަހީމް ވިދާޅުވިއެވެ.

އެކި ޖަމްޢިއްޔާތަކާއި ކައުންސިލްތަކުން ކުރިއަށް ގެންދާ ދީނީ ހަރަކާތްތަކަށް މާލީ ގޮތުންނާއި ފަންނީ ގޮތުން އެހީތެރިކަން ދިނުމަކީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަރަށް އިސްކަމެއް ދީގެން މިހާރުވެސް ކުރަމުން އަންނަ ކަމެކެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ