
މާލޭ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް އެފްއާރުއެސް އިން ހަރަކާތްތެރިވާން ފަށައިފި އެވެ.

އަލިފާން ރޯވެފައިވަނީ, މއ. އޮލިވީނާ ގޭގެ 3ވަނަ ފަންގިފިލާފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.
އަލިފާން ރޯވި ތަނަކީ ޔޫރޯ ސްޓޯރ ގެ ގުދަނުގެ ގޮތުގައި ބޭނުންކުރަމުން ދިޔަ ތަނެކެވެ. އެތުނުގައި ރޯވި އަލިފާން މިހާރު ނިއްވާލާފައިވާއިރ މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ލިބިފައި ނުވާކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަލިފާން ރޯވީ އެ ގުދަނުގައި ހުރި ކަރަންޓު ބޯޑެއްގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެފައިވެއެވެ.