logoEN
cocacola
ސައްހަ ނޫން ތަހުގީގީ ރިޕޯޓްތަކެއް ދައުރު ކުރަމުންދާ މައްސަލަ ބަލަނީ

ސައްހަ ނޫން ތަހުގީގީ ރިޕޯޓްތަކެއް ދައުރު ކުރަމުންދާ މައްސަލަ ބަލަނީ

އަހުމަދު ޝުރާއު

logo

9/3/2024, 4:36:04 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

--

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އްޔަރުކުރަން ކޯޓު އަމުރެއް ނެރުނު މައްސަލާގެ ތަހުގީގީ ރިޕޯޓަކާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ތަހުގީގީ ރިޕޯޓެއް ކަމަށް ބުނެ ސައްހަ ނޫން ރިޕޯޓެއް ދައުރުކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ގޮސިޔާ

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ވަނީ 2016 ގައި ޔާމީނު ހައްޔަރުކުރަން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ކޯޓު އަމުރުގެ މައްސަލައިގެ ތަހުގީގީ ރިޕޯޓު ކަމަށް ބުނެ ދައުރުކުރަމުން ދަނީ ސައްހަ ނޫން ރިޕޯޓެއް ކަމަށެވެ. އެ ރިޕޯޓުގައި ބޭނުންކޮށްފައިވާ ހެޑާ އާއި އަސްލާ ދިމާނުވާ ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އަދި ދައުރުވަމުންދާ ސައްހަ ނޫން ރިޕޯޓުގައި އޭރުގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒްގެ ނަމުގައި ބޭނުންކޮށްފައި ވަނީ ފުލުހުންގެ ޕްރެސް ސްޓޭޓްމެންޓްތަކުގައި މިހާރު ސޮއިކުރައްވާ ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު ޝިފާންގެ ސޮއި ފޯޖްކޮށްގެން ކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ މި ރިޕޯޓް އުފައްދައި ދައުރު ކުރަމުންދާ މައްސަލަ، ތަހުގީގު ކުރަމުންދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގަައި ކަމަށެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސައްހަ ނޫން ރިޕޯޓެއްވެސް ދައުރުވަމުންދާތީ އެ މައްސަލަ ތަހުގީގުކޮށްދިނުމަށް އެކޮމިޝަނުން އެދިފައިވާ ކަމަށާއި، ވުމާއެކު އެ މައްސަލަ ވެސް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން ވަނީ އާންމުންގެ މެދުގައި އެކި ފަރާތްތަކާ މެދު ނުބައި ތަސައްވަރު އުފެދޭ ގޮތަށް ފަތުރާ މިފަދަ ސައްހަ ނޫން މައުލޫމާތު ފެތުރުމުގައި ބައިވެރި ނުވުމަށް އިލްތިމާސްކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ