logoEN
cocacola

އެމްޕީއެލް އާއި ސީއާރުސީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން

8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަންގައި މިރޭ ކަސްޓަމް ރެކްރިއޭޝަން ކުލަބް (ސީއާރުސީ) އާއި އެމްޕީއެލް ވާދަކުރި މެޗު 23-30 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެމްޕީއެލް ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

މުބާރާތުގައި އެމްޕީއެލް ކުޅުނު ފުރަތަމަ މެޗުގައި 26-20 ގެ ނަތީޖާއަކުން މޮޅުވިއިރު، ދެވަނަ މެޗުގައި އެމްޑަބުލިޔުއެސްސީ އަތުން އެޓީމު މޮޅުވީ 08-48 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި އިމިގްރޭޝަން އަތުން ވަނީ 23-32 ގެ ނަތީޖާއަކުން ބަލިވެފައެވެ.

މީގެ އިތުރުން ސީއާރުސީގެ ފުރަތަމަ މެޗުގައި 35-19 ގެ ނަތީޖާއަކުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 29-19 ގެ ނަތީޖާއަކުން ފިނޭންސް ބަލިކޮށްފައެވެ. އަދި އެޓީމުގެ ފަހު މެޗުގައި އެމްޑަބުލިޔުއެސްސީ އަތުން މޮޅުވެފައި ވަނީ 36-05 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި، ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 13-13 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެމްޕީއެލް އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ މިހާފުގައި އެޓީމުން އިތުރު 17 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ސީއާރުސީއަށް ކާމިޔާބުކުރެވުނީ 10 ލަނޑެވެ.

އެގޮތުން މިމެޗުގައި އެމްޕީއެލްގެ ޒުހާ ހުސެއިން 15 ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ސަލީމާ އަށް ލަނޑު، ފާތުމަތު ނިއުޝާ ތިން ލަނޑު އަދި ޚަދީޖާ އަހުމަދު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެޓީމުގެ ފާތުމަތު އުސާމާ އަދި މަރިޔަމް ނިޔާޝާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ސީއާރުސީގެ ލައުހާ ހުސެއިން ހަ ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ޝިއުރާ އަބްދުލް ބާރީ އަދި އީނާ އަހުމަދު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން މިމެޗުގައި އެޓީމުގެ ހައްވާ މުޒުނާ ތިން ލަނޑު އަދި ހައްވާ ޒާހިރާ ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އާމިނަތު ނަޒުރާ އަދި ފާތުމަތު ޝީއަތު ޝިހާބް މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޕީއެލްގެ ކީޕަރު ފާތުމަތު ޖޫޒަން ޒަރީރު އެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން އެމްޕީއެލްއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ސީއާރުސީއަށް ހަތަރު މެޗުން ލިބުނު ހަ ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ފުރަތަމަ ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، އޭގެތެރޭގައި ހިމެނެނީ އެމްޑަބުލިޔުއެސްސީ، ވެމްކޯ، އެމްޕީއެލް، މޯލްޑިވްސް ކަސްޓަމްސް، މޯލްޑިވްސް އިމިގްރޭޝަން އަދި މިނިސްޓްރީ އޮފް ފިނޭންސް އެވެ.

މީގެ އިތުރުން މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ