logoEN
cocacola
އަންހެނަކު ރަހީނުކުރި އަތުހަރު ނިޔާވެއްޖެ

އަންހެނަކު ރަހީނުކުރި އަތުހަރު ނިޔާވެއްޖެ

އަލްފާ އަލީ

logo

9/2/2024, 12:24:48 PM

# ފުލުހުން

މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ހައްޔަރުކޮށް ދޫނިދޫ ބަންދުގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތްކުރި އާދަމް އަތުހަރަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ދަނިކޮށް ނިޔާވެއްޖެ އެވެ.

ގޮސިޔާ

ފުލުހުން ބުނީ, މާލޭގައި އަންހެނަކު ރަހީނުކުރި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ށ މިލަންދޫ/ ހެޕީލޭންޑް އާދަމް އަތުހަރު އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންްދަނިކޮށް މިއަދުގެ 16:08 ހާއިރު ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާކަމަށެވެ.

އާދަމް އަތުހަރަށް އައިޖީއެމްއެޗް ގައި ފަރުވާދެމުން ގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި ރޭގެ ވަގުތެއްގައި އޭނާ ބަންދުގައި ހުރި ޖަލުގައި ދަންޖެހުމާ ގުޅިގެންނެވެ. އާދަމް އަތުހަރު ނިޔާވި މައްސަލަ ދިވެހި ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ, އަތުހަރު މަރުވި ސަބަބު ދެނެގަތުމަށްޓަކައި ހަށިގަނޑުގެ އޮޓޮޕްސީއެއް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން މިނިވަން މިއައްސަސާތަކުން ކުރަމުންދާ ތަހުގީގުތަކަށް ފުލުހުންގެ ހިދުމަތުން އެއްބާރުލުން ލިބޭނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

އިތުރު ތަފްސީލް އަންނަނީ...

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ