logoEN
cocacola
އަންހެނެއްގެ އަތުން ފޯނާއި ވޮލެޓު ފޭރުނު މީހަކު ހައްޔަރުކޮށްފި

އަންހެނެއްގެ އަތުން ފޯނާއި ވޮލެޓު ފޭރުނު މީހަކު ހައްޔަރުކޮށްފި

އަލްފާ އަލީ

logo

9/13/2024, 9:20:24 AM

# ފުލުހުން

-

މާލޭގައި އަންހެނެއްގެ އަތުން ވޮލެޓާއި ފޯނު ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ގޮސިޔާ

ފުލުހުން ބުނީ, ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި ކޯޓު އަމުރުގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ, ރ. އަލިފުށި / ހަބީބީހެޕް، އިސްމާޢީލް ސާއިފް (39އ) އެވެ.

ފުލުހުން ބުނީ, އެ އަންހެންމީހާގެ އަތުން ވޮލެޓާއި މޯބައިލް ފޯނު ފޭރިގަނެފައިވަނީ ސައިކަލެއްގައި ދަމުން ކަމަށެވެ. އަދި އޭނާ ދުއްވި ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ފޭރުނު ވޮލެޓާއި ފޯނު މިހާރު ހޯދާފައިވާ އިރު އެ ސައިކަލު މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ