
ހިފާފައިވާ ހުޅަނގު އައްސޭރީގައި އިޒްރޭލުގެ 3 ޔަހޫދީއަކު މަރާލައިފި އެވެ.

އިސްރާއީލުގެ މަގެން ޑޭވިޑް އަޑޮމް ރެސްކިއު ސާވިސް އިން ބުނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ހެބްރޮން ސިޓީ ކައިރީގައި އޮންނަ ތަރްކުމިއާ ޗެކްޕޮއިންޓުގައި 2 ފިރިހެނަކާއި އަންހެނަކު މަރާލާފައިވާ ކަމަށެވެ. އަދި މި ހަމަލާއަކީ ބިޑިން ދިން ހަމަލާއެއް ކަމަށްވެސް ވަނީ ބުނެފައި އެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ހަމަލާދިން މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އިޒްރޭލުގެ ނޫހެއް ކަމަށްވާ "މާރިވް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މަރުވި އެންމެންނަކީ ވެސް ފުލުހުންނާއި ބޯޑަރު ބަލަހައްޓާ މީހުންނެވެ. އަދި އިޒްރޭލުގެ އެމްބިއުލާންސްތައް އެ ސަރަހައްދުގައި ތިބި ކަމަށާއި އަސްކަރިއްޔާއިން ވަނީ އެ ސަރަހައްދަށް ރިއިންފޯސްމަންޓް ފޮނުވާފައި ކަމަށް ވެސް ބުނެފައިވެ އެވެ.
މި ހަމާލާދިނީ ކޮން ބައެއްކަން މިހާތަނަށް ކަށަވަރުވެފައިވާއިރު ޔަހޫދީ އަސްކަރިއްޔާއިން ތުހުމަތު ކުރަމުންދަނީ މި ހަމަލާދިނީ ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވަމުން ހަނގުރާމަވެރިން ކަމަށެވެ.
މިފަދަ ހަމަލާއެއް ދީފައިވާއިރު ޔަހޫދީ އަސްކަރިއްޔާއިން ދަނީ ހުޅަނގު އައްސޭރީގައި ވަރުގަދަ އޮޕަރޭޝަނެއް ކުރިޔަށް ގެންދަމުންނެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 20 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު ޔަހޫދީން ބުނާގޮތުގައި ޝަހީދުކޮށްލި އެންމެނަކީވެސް ހަނގުރާމަވެރިންނެވެ.
ގުޅުންހުރި

ހުޅަނގު އައްސޭރީގައި މުސްލިމުންނަށް ހަމަލާދެމުންދިޔަ ޔަހޫދީ ސިފައިންގެ މީހަކު ޒަހަމްކޮށްލައިފި

ޔަހޫދީންގެ އަނިޔާވެރިކަން އިންތިހާއަށް: ބަނޑަށް 8 މަހުގައި މާބަނޑު އަންހެނަކު ޝަހީދުކޮށްލައިފި

ޔަހޫދީން ދިން ހަމަލާގައި ޖެނިންގެ ހޮސްޕިޓަލަށްވެސް ގެއްލުންތަކެއް!
